Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕް

އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕް: ބޮޑެތި ބަދަލުތަކަކާއެކު ޖުލައި 10ން އޯގަސްޓް 5ށް!

ޖުލައި 7ގެ ނިޔަލަށް ނަން ނޯޓުކުރެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 18:08
އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕްގެ ތެރެއިން

އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕްގެ ތެރެއިން

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޚިތާނީ ކޭމްޕް، ޖުލައި 10ން އޯގަސްޓް 5ށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އައިޖީއެމްއެޗުން ކުރި ޓްވީޓްގައި ވަނީ، މިފަހަރުގެ ކޭމްޕް ކުރީގެ ކޭމްޕްތަކާ އެކި ގޮތްގޮތުން ތަފާތުވާނެކަން ހާމަކޮށްފައެވެ. އެގޮތުން މިފަހަރު ކޭމްޕް ބާއްވަނީ އެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެންކަމަށް ވަނީ ބުނެފައެވެ. ޚިތާނު ކުރުމުގެ އަމަލީ މަސައްކަތް މި ދެ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރުން ކުރިޔަސް، ޚިތާނުކުރުމާއި އެޑްމިޓްކުރުން ކުރިއަށްދާނީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލުގައިކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ފުރުސަތު އައިޖީއެމްއެޗުން މި އަހަރުވެސް ހުޅުވާލީ 200 ކުދިންނަށެވެ. އައިޖީއެމްއެޗްއިން ބުނީ ޚިތާނުކުރުން ކުރިއަށްދާނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން އޯގަސްޓު މަހުގެ 05 ވަނަ ދުވަހާ ހަމަޔަށް ކަމަށެވެ.

ހޮސްޕިޓަލުން ވަނީ ނަން ނޯޓްކުރުމުގެ ފުރުސަތު ޖުލައި 1ން 7ގެ ނިޔަލަށް ހުޅުވާލާފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރުފަހު 15:00އާ ދެމެދު ނަން ނޯޓު ކުރުން ކުރިއަށްދާނެއެވެ. ނަން ނޯޓުކުރުން ކުރިއަށްދާނީ ދަރުމަވަންތަ ކޮމްޕްލެކްސްގެ 3ވަނަ ފަންގިފިލާގެ ސާޖަރީ ޑިޕާޓްމެންޓް ކައުންޓަރުންކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ނަން ނޯޓުކުރަން އަންނައިރު ކުއްޖާގެ އައިޑީކާޑު ގެނައުމަށް ހަނދާން ބެހެއްޓުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

ޚިތާނީ މޫސުމަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ކުލަގަދަކަމާއެކު ފާހަގަކުރާ ދުވަސްވަރެއް ކަމުން، ކުދިންނަށް އުފާވެރި ހިތްހަމަޖެހޭ މާހައުލެއް ތައްޔާރުކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރާއި، ޚިތާނީ ވޯޑް ކުޑަކުދިންނާ ގުޅޭގޮތަށް ޒީނަތްތެރި ކުރެވިފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ސްކޫލް ޗުއްޓީ ދުވަސް ވަރަކީ އާންމުކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ޚިތާނީ މޫސުން ފާހަގަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރާ ދިމާކޮށް ގިނަ ހޮސްޕިޓަލްތަކެއްގައި ވެސް ޚިތާނީ މޫސުން ފާހަގަ ކުރަމުން ދެއެވެ.

އައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު