ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 16:06
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެއް މިލިޔަން ޕައުންޑުގެ އަގުހުރި އަތުކުރީ ގަޑިއަކާއެކު: ދެއްކުންތެރިކަމުގެ ލިސްޓުން އެއްވަނަ ލިބެނީ ރޮނާލްޑޯއަށް
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެއް މިލިޔަން ޕައުންޑުގެ އަގުހުރި އަތުކުރީ ގަޑިއަކާއެކު: ދެއްކުންތެރިކަމުގެ ލިސްޓުން އެއްވަނަ ލިބެނީ ރޮނާލްޑޯއަށް
ސަން
ޔޫރޯ އާއި އަގުބޮޑު އަތުކުރީގަޑި
ދެއްކުންތެރިކަމުގެ ލިސްޓުން ފުރިހަމަ އެއްވަނައެއް ޕޯޗުގަލްއަށް
 
ފެޝަނަށް މަޝްހޫރު އިޓަލީ ޓީމުން 15 ރޮލެކްސް ފެނިފައިވޭ
 
ފްރާންސްގެ ޓީމުން އެންމެ އަގުބޮޑު ގަޑިއެއް ފެނުނީ ޕޮގްބާ އަތުން
 
ރޮލެކްސް ގަޑި އެންމެ ގިނައީ އިންގްލެންޑުގެ ޓީމުގައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިފަހަރު ކުޅުނު 24 ޓީމަށް އެކި މީހުން ބަލައި އުޅުނީ އެކި ލޮލުންނެވެ. ބައެއް މީހުން ބެލީ އުމުރުން އެންމެ ދޮށީ ކުޅުންތެރިން ގިނައީ ކޮން ޓީމެއްގައިތޯއެވެ. އަނެއް ބަޔަކު ބެލީ އިސްކޮޅުން އެވަރެޖްކޮށް އެންމެ ދިގު ޓީމަކީ ކޮބައިތޯއެވެ. ކަޅާއިދޮނުގެ މަސްހުނިކަން އެންމެ ބޮޑީ ކޮން ޓީމެއްތޯ ބައެއް މީހުން ބެލިއިރު އަމިއްލަ މުއްސަނދިކަން ދެއްކުމުގެ ސިފަ އެންމެ ބޮޑު ކުޅުންތެރިން ގިނައީ ކޮން ޓީމެއްގައިތޯވެސް ބައެއް މީހުން ބަލާފައިވެއެވެ. އަމިއްލަ މުއްސަނދިކަން ދެއްކުމާއި ދެއްކުންތެރިކަން ފާޅުކުރުމުގެ ސިފަ ފެންނާނީ އަތުކުރީގަޑި ފަދަ ތަކެތިންނެވެ.

އެންމެ އަގުބޮޑު އަތުކުރީ ގަޑި ގިނަކަމަށް ދިރާސާކުރި މީހުންނަށް ފާހަގަ ކުރެވުނު ޓީމަކީ މިފަހަރު ޕޯޗުގަލްއެވެ. ޕޯޗުގަލްގެ ކުޅުންތެރިންގެ އަތުކުރީ ގަޑީގެ އަގު ޖުމްލަކޮށްލީމާ ގާތްގަޑަކަށް 6 މިލިޔަން ސްޓާލިން ޕައުންޑަށް އަރައިގެންދެއެވެ. މީގެތެރެއިންވެސް އެންމެ އަގުބޮޑު ގަޑިއެއް ފެނިފައިވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުންނެވެ. އޭގެ އަގު އެކަނިވެސް އެއްމިލިޔަން ޕައުންޑަށް އަރައެވެ. އަގުބޮޑު ގަޑީގެ ލިސްޓުން ދެވަނަ ލިބެނީ ފްރާންސަށެވެ. ފްރާންސްގެ ޓީމުން ފެނުނު ގަޑިތަކުގެ ޖުމްލަ އަގު ގާތްގަޑަކަށް ދެ މިލިއަން ޕައުންޑަށް އަރައެވެ. މީގެ ތެރޭގައި މިޑްފީލްޑަރު ޕޯލް ޕޮގްބާގެ އަތުން ފެނުނު ދެގަޑިއަކަށް މީހުންގެ ސަމާލުކަން ހުއްޓުނެވެ. އެ ދެގަޑީގެ އަގު ގާތްގަޑަކަށް ހަތް ލައްކަ ޕައުންޑަށް އަރައެވެ.

މި ލިސްޓުގެ ތިންވަނަ ލިބެނީ އިންގްލެންޑަށެވެ. އިންގްލެންޑުގެ ކުޅުންތެރިންގެ އަތުން ފެނުނު ގަޑިިތަކުގެ ޖުމްލަ އަގުވެސް އުޅެނީ ގާތްގަޑަކަށް ދެ މިލިޔަން ޕައުންޑުގައެވެ. އެންމެ ގިނަ އަދަދެއްގެ ރޮލެކްސް ގަޑި ފެނިފައިވަނީ އިންގްލެންޑުގެ ޓީމުންނެވެ. ކެޕްޓަން ހެރީ ކޭން އާއި މާކަސް ރަޝްފަޑްވެސް ހިމެނޭގޮތުން މުޅިއެކު 17 ރޮލެކްސް ގަޑި އިންގްލެންޑުން ފެނިފައިވެއެވެ. މި ލިސްޓުގެ ހަތަރުވަނަޔާއި ފަސްވަނައަށް އަންނަނީ ސްޕޭނާއި ޖާރމަނީއެވެ. ފެޝަނަށް މަޝްހޫރު އިޓަލީގެ ޓީމުން ފެނިފައިވަނީ 15 ރޮލެކުހެވެ. އެންމެ ހައިރާންކުރުވަނިވި ހޯދުމަކަށްވީ އަގުބޮޑު ގަޑި އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުކަމަށް މަޝްހޫރުވެފައިވާ ސުވިޒަލެންޑަށް މި ލިސްޓުން ލިބުނު ވަނައެވެ. ސުވިޒަލެންޑަށް ލިބުނީ 8 ވަނައެވެ. ސުވިޒަލެންޑުގެ ޓީމުން ފެނިގެންދިޔައީ ޖުމްލަ 11 ރޮލެކުހެވެ.

ވަކިވަކި ބްރޭންޑުތަކަށް ބަލާއިރު ޔޫރޯ 2020 ގައި އެންމެ މަގްބޫލު ބްރޭންޑެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ގޮސްފައިވަނީ ރޮލެކުހެވެ. މި މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވާއިރު ކޮންމެ ޓީމަކުންވެސް މަދުވެގެން 10 ރޮލެކްސް ފެނިފައިވެއެވެ. އެންމެ ގިނަ ރޮލެކްސް ފެނިފައިވަނީ އިންގްލެންޑާއި ޕޯޗުގަލް އަދި ކްރޮއޭޝިއާ އާއި އިޓަލީންނެވެ، ރޮލެކުހަކީ ސުވިޒަލެންޑުގެ ޖެނީވާގައި އުފައްދާ ވަރަށް އަގުބޮޑު ވަރަށް ޚާއްސަ ގަޑިއެކެވެ. ފުޓްބޯޅަ ކުޅުންތެރިންގެ އިތުރަށް ދުނިޔޭގެ އެހެނިހެން ދާއިރާތަކުގެ މަހުޖަނުންގެ މެދުގައިވެސް އެންމެ މަޝްހޫރު ބްރޭންޑަކީ ރޮލެކުހެވެ. ސިޔާސީ މީހުންގެ ތެރޭގައިވެސް އެންމެ މަގުބޫލު ބްރޭންޑަކީ ރޮލެކްސް ކަމަށް އެކި ދިރާސާތަކުން ދައްކާފައިވެއެވެ.

އަގުބޮޑު އަތުކުރީ ގަޑީގެ ލިސްޓުން ޕޯޗުގަލްއަށް މިފަހަރު ވަރަށް ފުރިހަމަ އެއްވަނައެއް ލިބުމުގެ މައިގަޑު ސަބަބަކީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ އަތުން ފެނިގެން ރިކޯޑު ކުރެވިފައިވާ އެކި ބްރޭންޑުތަކުގެ ގަޑީގެ ޖުމްލަ އަގު އެއްކޮށްލީމާ އެކަނިވެސް ފަސް މިލިޔަން ޕައުންޑަށް އަރައެވެ. ރޮނާލްޑޯ ނުހިމަނައި ޕޯޗުގަލްގެ ޓީމުގެ އަތުކުރީ ގަޑިތައް ބަލައިފިއްޔާ މި ލިސްޓުން ޕޯޗުގަލްއަށް ލިބޭނީ އެންމެ މަތިވެގެންވެސް ފަސްވަނައެވެ. ކޮންމެއަކަސް ދެއްކުންތެރިކަމުގެ ގޮތުން މިފަހަރުގެ ޗެމްޕިއަން ޓީމަކަށް ގިނަބަޔަކު ހޮވާފައިވަނީ ޕޯޗުގަލްއެވެ. ޒާތްޒާތުގެ ސްޕޯޓްސް ކާރު ގެންގުޅުމުގައިވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސައިލެވޭވަރުގެ އެހެން ކުޅުންތެރިޔަކު އަދި ފެންނާކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
17%
8%
0%
65%
10%
0%
ކޮމެންޓް
7 ޖުލައި 2021 | ބުދަ 19:25
ރާއްޖެ ޓީވީ
ހަޖަމު ނުވާ މީހުން ހާދަ ގިނަ ވެއްޖޭ ދޯ
3 ޖުލައި 2021 | ހޮނިހިރު 17:59
ހުސޭނު
ހަމަ ރަނގަޅަށް ތިޔަބުނީ، ތިޔަ ރޮނާލްޑޯ ތީ ވަރަށް ދެއްކުންތެރިކަން ބޮޑު ސޮރެއް
3 ޖުލައި 2021 | ހޮނިހިރު 17:59
ހަޖަމް ނުވާ މީހާ
ކީއްތާވާނީ ތި ފާހަގަ ކުރި ކަންތަކުގެ އިތުރުން އޭނަ މީސްމީހުންނަށް އެހީވާން ދޭ ދީލަތި ކަމުގެ ހިސާބުވެސް ޖަހައިފަ ތި ލިޔުން ފުރިހަމަ ކޮށްލިނަމަ ދޯ!