Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންނާމެދު ކަންބޮޑުވުންތަކެއް

ވަކީލުންގެ ގޮތުގައި މަސައްކަތްކުރަނީ މެޖިސްޓްރޭޓްކަމުން ވަކިކުރަން ނިންމާފައިވާ މުހައްމަދު ރާގިބުގެ ލޯ ފާމުންކަމަށް ނާޒިމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 05:09
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން

ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންނާ ގުޅޭ ގޮތުން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރައްވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމްގެ ބައެއް ވަކީލުން ކަމަށާއި ރާގިބާއި އޭނާގެ ދަށުން މަސައްކަތްކުރައްވާ ވަކީލުން ނަޝީދާ މެދު އިންސާފުވެރި ވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އޭގެތެރޭގައި ނާޒިމް ފާހަގަކުރައްވާފައިވާ ބައެއް ވަކީލުންނަކީ ރައީސް ޔާމީނުގެ ލޯޔަރުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް އާސިފް، ލޯޔަރ ޝަޒީމު ވަހީދު އަދި ލޯޔަރ ނާޝިދެވެ.

Advertisement - newsAdvertisement

ނާޒިމްގެ މިޓްވީޓަށް ޖަވާބު ދެއްވަމުން ލޯޔަރު އާސިފް ވަނީ އެއީ ދޮގެއްކަމަށް ވިދާޅުވެފައެވެ. އަދި ލޯޔަރ ޝަޒީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން ހަމާލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާއީ ވަކީލަކަށް ތަހުގީގު މަރުހަލާގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި ކުރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައިވެސް ނުވާނެކަަމަށެވެ.

ނާޒިމް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން ރާގިބް ވިދާޅުވެފައިވަނީ ގާނޫނީ ވަކީލުންގެ ހުވާގައި އަދި ވަކީލުން ޢަމަލުކުރަންޖެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގައި، އުސޫލެއްގައި ވަކީލުން ވަކާލާތު ކުރަންޖެހޭނީ ވަކި ވައްތަރެއްގެ ނުވަތަ ވަކި ނަމެއްކިޔާ މީހުންނަށޭ ނެތްކަމަށެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ރާގިބް ހުންނަވަނިކޮށް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވައިގެންނެވެ.

މީގެއިތުރުން ނާޒިމް ވަނީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ފަންޑުކުރި މީހުން ރާގިބަށް އެނގޭނެކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ނާޒިމް މިމޭރުމުން ކަންބޮޑުވުން ފާޅުކުރެއްވުމުން، ހައްޔަރުކޮށްފައިވާ މީހުންގެ ލޯޔަރުންގެ ގޮތުގައި މަސައްކަތްކުރަނީ ކޮންބައެއްތޯ އާއި އެމީހުންނަށް ފައިސާ ދައްކަނީ ކޮން ބައެއްތޯ އަންނަނީ ސުވާލުކުރަމުންނެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދާއިރު އެއީ މުހިންމު މައުލޫމާތެއްކަމަށް ބުނެ އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މީގެއިތުރުން މިމައްސަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް ވަކީލުން ހަމަޖެއްސީ ކޮންބައެއްކަން އެމީހުންނަށްވެސް ނޭނގޭކަމަށް ވަނީ އެނގިފައެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅުންހުރި މީހުން އެމީހުންނަށް ވަކީލުން ހަމަޖައްސައިދީ އެމީހުން އެކަމުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރުމަކީ ރާއްޖޭގައި އާންމުކޮށް ހިނގަމުން އަންނަކަމެކެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ފަސް މީހެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ. މިހަމަލާއާ ގުޅިގެން މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހަމަލާގެ ތަހުގީގު މިމަހުގެ ތެރޭގައި ނިމޭނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު