Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރާލާފައިވާ ނޫސްވެރިޔާ ރިލްވާން

ރިލްވާން ކާރަށް އަރުވާ މަންޒަރު ދައްކައިދޭ ރީއެނެކްޓްމެންޓް ވީޑިއޯއެއް

ވީޑިއޯގައި ގޭ ކައިރިން އޭނާ ރަހީންކޮށް ގަދަކަމުން އެ ކާރަށް އަރުވާ މަންޒަރު ވެސް ކުޅެ ދައްކާފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 1 ޖުލައި 2021 | ބުރާސްފަތި 08:45
އަހުމަދު ރިލްވާން

އަހުމަދު ރިލްވާން

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އުޅޭ ގެ ކައިރިން ކާރަށް އަރުވައިގެން ގެންދާ މަންޒަރު ދައްކުވައިދޭ ރީއެނެކްޓްމަންޓް ވީޑިއޯއެއް މަރު ކޮމިޝަނުން ނެރެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ރިލްވާން ރަހީނުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯ ފަށާފައި ވަނީ މާލެއިން ރިލްވާން ހުޅުމާލެ ދިއުމަށް ސައިކަލުގައި ދިޔަ މަންޒަރާއި ފެރީޓާމިނަލްގެ ތެރޭގައި ރިލްވާންގެ ހަރަކާތްތައް ދައްކުވައިދޭ ސީސީޓީވީ ފޫޓެޖްތަކުންނެވެ. މި ފޫޓެޖްތަކަކީ މީގެ ކުރިން ވެސް މަރު ކޮމިޝަނުން އާންމުކޮށްފައިވާ މަންޒަރުތަކެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ވީޑިއޯގައި ދައްކުވައިދީފައި ވަނީ ކުޅެފައިވާ މަންޒަރުތަކެކެވެ. އެގޮތުން އޭނާ ފެރީއަށް އަރާ މަންޒަރާއި ދަތުރަށް ފަހު ހުޅުމާލެއަށް ގޮސް ގެއަށްދާ މަންޒަރު ދައްކުވައިދީފައިވެއެވެ. މަރުކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރިލްވާން ހުޅުމާލެ ދިޔަ ފެރީ އެރޭ ހުޅުމާލެއަށް ގާތްކޮށްފައި ވަނީ ދަންވަރު 1:30ހާއިރެވެ. އަދި ހިނގާފައި އޭނާ ދިރިއުޅުނު 21 ވަނަ ފެލްޓަށް ދިއުމުން އޭނާ ރަހީނުކޮށްފައިވަނީ އެގޭ ކުރިމަތިން ރަތްކުލައިގެ ކާރެއްގައި ދިޔަ ބައެކެވެ.

މަރު ކޮމިޝަނުން އާންމުކުރި ވީޑިއޯގައި ގޭ ކައިރިން އޭނާ ރަހީނުކޮށް، ގަދަކަމުން އެ ކާރަށް އަރުވާ މަންޒަރު ވެސް ކުޅެ ދައްކާފައިވެއެވެ. މަރުކޮމިޝަނުން މީގެ ކުރިން ވެސް ވަނީ އޭނާ ކާރަށް އަރުވަން އުޅުމުގެ ތެރޭގައި އެމީހުން އަތުން ވަޅިއެއް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ވަޅިއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އަންގަން ވެސް އެދިފައިވެއެވެ. އެ ކޮމިޝަނުން ބުނީ ރިލްވާން ގެއްލުވާލިތާ ހަތް އަހަރުވާން ގާތްވެފައިވިޔަސް އަދިވެސް އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން އުޅޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ އެފަދަ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރުމަށް އެދިފައިވެއެވެ.

ރިލްވާން ގެއްލުވާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މަރު ކޮމިޝަން އިން ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލާ ކަނޑަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކޮމިޝަން އިން ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. ކޮމިޝަންއިން ބުނިގޮތުގައި އޭނާ ރަހީނުކުރީ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އޭނާ މަރާލުމުގެ ކުރިން ޝަހާދަތް ވެސް ލައިދީފައިވެއެވެ،

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު