Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާމްދަނީން ޓެކްސް ނެގުމުގެ ބިލް

އާމްދަނީން ޓެކްސް ނެގުމުގެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

30 ޖޫން 2021 | ބުދަ 07:27

ޓެކްސް ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަކީ މިބިލް ހުށަހެޅުމުގެ އެއް ބޭނުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 ޖޫން 2021 | ބުދަ 07:27
ބިލު ދިރާސާކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ އިއްތިފާގުން

ބިލު ދިރާސާކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ އިއްތިފާގުން

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައި، އެ ބިލްގެ މަސައްކަތް ނިންމާންޖެހޭ ސުންގަޑިއަކީ 3 ޖުލައި ކަމަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުގައި މި ބިލު ދިރާސާކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމާއި، ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން، އިންޓަރ ކަނެކްޝަން ޗާރޖް، އަދި ރިއިޝުއަރެންސް ޕްރިމިއަމް އިންދަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމާއި، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމެވެ.

ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭނެ ކަންކަމުގެ ތެރެއަށް، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާއާއި، ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ، އިންވެސްޓްމެންޓް، އަދި އެންމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ފުރައިގެންދާ އުޅަނދަކުން ޓެކްސް ނަގާނީ، އެފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ކަނޑައެޅުން ވެސް ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާރޗްތަކަށް ލިބޭ އާމްދަނީ އާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ހުށަހަޅާފައިވެއެވެ.

އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި، ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެގެކޮޅަށް ހިނގާ ޚަރަދާއި، ރައީސަށް ޚާއްސަ ރަށާއި، ނައިބްރައީސަށް ޚާއްސަ ގެކޮޅަށް ހިނގާނެ ޚަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ވެސް ވަނީ ހުށަ ހަޅާފައެވެ.

އުމްރާނީ ވަސީލަތްތައް ތަރައްގީކުުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވިޔަފާރިތަަކަށް ލިބޭ އާމްދަނީ، އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ގާނޫނުގެ ދަށުން ޓެކްސް ނެގުން ފަސް އަހަރުގެ މުއްދަތަކަށް އިސްތިސްނާ ކުރުމުގެ ބާރު ރައީސަށް ލިބި ދިނުން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 މެއި 2017

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި
20 މެއި 2017

ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް

20 މެއި 2017
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް