Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާ

މީރާއިން ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް އާއިއެކު ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މި ޕްރޮޖެކްޓަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޖޫން 2021 | ބުދަ 02:16
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރި ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރި ގޮތް

މީރާއިން ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) އާއިއެކު ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެގްރިމަންޓްގެ މަޤުސަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ އޮޑިޓް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ފެށުން ކަމަށް މީރާއިން ބުންޏެވެ. މި ޕްރޮޖެކްޓަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް މީރާއިން ހާމަކުރެވެ. މީރާ އާއި ޓީ.އައި.ޑަބްލިއު.ބީ ގުޅިގެން ވަނީ 2018 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމް ހިންގާފައެވެ.

މިގޮތުން، ޓީ.އައި.ޑަބްލިއު.ބީ އާ ގުޅިގެން މި ފަށާ ޕްރޮގްރާމުގެ ދަށުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ކެޕޭސިޓީ އިތުރު ކުރުމަށާއި، ޓޫރިޒަމް ދާއިރާގެ އިންޓަރނެޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީ.އައި.ޑަބްލިއު.ބީގެ ވެރިޔާ މސ. ރުސުދާން ކެމުލެރިއާ ވަނީ މީރާއާއިއެކު ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޕްރޮޖެކްޓްގެ ކާމިޔާބީތަކަށް އަލިއަޅުވާލާފައެވެ. އަދި އިފްތިތާހުކުރި ޕްރޮޖެކްޓުން ކުރީގެ ޕްރޮޖެކްޓްގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ޓީ.އައި.ޑަބްލިއު.ބީ އިން އޮގަސްޓް 2018 ގައި ފެށި ޕްރޮޖެކްޓާއެކު ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ޓީ.އައި.ޑަބްލިއު.ބީ އާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓެގެ ކާމިޔާބީއަށް އަލިއަޅުވާލައި، މި ޕްރޮޖެކްޓްގައި ޓްރާންސްފަރ ޕްރައިޒިންގ މަސައްކަތުގެ އުކުޅުތަށް މީރާގެ އޮޑިޓަރުންނަށް އުނގެނިގެންދިޔަކަން ކޮމިޝަނަރ ފާހަގަކުރައްވާފައިވާކަމަށް މީރާއިން ބުނެއެވެ. ކޮމިޝަނަރ ޖެނެރަލް ވަނީ މިއަދު އިފްތިތާހްކުރެވުނު ޕްރޮޖެކްޓަގައި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މާހިރު، ކޮލިން ހަޗްކިންސް އަށް މަރުހަބާ ދަންނަވާފައެވެ.  

ޓީ.އައި.ޑަބްލިއު.ބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި

ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި

21 އޯގަސްޓު 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

16 ޖޫން 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު