Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ފަހު ވަގުތު ސްވިޑެން ބަލިކޮށް ޔޫކްރޭން ކުއާޓާއަށް

ކުއާޓާގައި ޔޫކްރޭން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާ

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖޫން 2021 | އަންގާރަ 22:06
ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ފަހު ވަގުތު ސްވިޑެން ބަލިކޮށް ކުއާޓާ ފައިނަލުގެ ފަހު ޖާގަ ޔޫކްރޭނުން ހޯދައިފިއެވެ.

އަންގާރަ ދުވަހުގެރޭ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މެޗު ޔޫކްރޭންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީ ކޮޅު ސްވިޑެންގެ ފޯވާޑް އަލެކްޒެންޑަ އައިސަކަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެކަމަކު އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ޔޫކްރޭނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލެކްސަންޑަ ޒިންޗެންކޯއެވެ. މި ލަނޑާއެކު ސްވިޑެންއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 43 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މިހާފުގައިވެސް ސްވިޑެންގެ އައިސަކަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ސްވިޑެންއަށް މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ މާކަސް ޑަނިއެލްސަންއަށް ސީދާ ރަތް ކާޑު އޭނާއަށް ދެއްކުމުންނެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ފަހު ހާފުގެ ފަހު މިނެޓުގައި ޔޫކްރޭނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ޒިންޗެންކޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޓެމް ޑޯވްބީކެވެ.

މި މޮޅާއެކު ކުއާޓާއަށް ޔޫކްރޭން ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ޖަރުމަން ބަލިކޮށް ކުއާޓާއަށް ދަތުރުކުރި އިންގްލެންޑާއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު