Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޯދަ 1440

ރޯދަމަހު ކާބޯތަކެތީގެ އަގު ދަށްކޮށްދޭނެ ކަމަށް އުރުދުން ސަރުކާރުން ވައުދުވެއްޖެ

220 ބާވަތެއްގެ ކާބޯތަކެތީގެ އަގު ދަށްކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 6 މެއި 2019 | ހޯމަ 17:35
ވެރިރަށް އައްމާންގެ ތަރުކާރި ވިއްކާ މާރުކޭޓެއް

ވެރިރަށް އައްމާންގެ ތަރުކާރި ވިއްކާ މާރުކޭޓެއް

މި ރަމަޟާން މަހު އުރުދުންގައި ވިއްކާ ކާބޯތަކެތީގެ އަގު ދަށްކޮށްދޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު އޮމަރް ރައްޒާޒް އެގައުމުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފިއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެރިރަށް އައްމާންގައި ހުންނަ ކާބޯތަކެތި ވިއްކާ މާރުކޭޓަކަށް ކުރެއްވި ޒިޔާރަތެއްގައި ބޮޑުވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ލުއި ފަސޭހަކޮށް ކާބޯތަކެތި ލިބޭ ގޮތަށް ހެދުމަށްޓަކައި އެގައުމުގެ ސަރުކާރުން މި އަހަރުގެ ރޯދަ މަހު އެއްޗެހީގެ އަގު ދަށްކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ބޮޑުވަޒީރު އަރިހުގައި އެތަނަށް ޒިޔާރަތް ކުރެއްވި ޑައިރެކްޓަރ ޖެނެރަލް އޮފް ދަ މިލިޓަރީ ކޮންސިއުމާ ކޯޕަރޭޝަން ބްރިގޭޑިއާ ޖެނެރަލް މުތައްސެފް އޮމަރީ ވިދާޅުވީ، އެއްޗެހީގެ އަގު ކުޑަކުރުމުން، 220 ބާވަތެއްގެ ކާބޯތަކެތީގެ އިތުރުން ސާފުކުރަން ގެންގުޅޭ ތަކެތީގެ އަގު 40 ޕަސެންޓަށް ދަށްވެގެން ދާނެ ކަމަށެވެ. އަދީ އޭގެ އިތުރުން 87 ބާވަތެއްގެ އެއްޗެހީގެ އަގުވެސް ރަމަޟާން މަހު ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރުދުންއަކީ އާއްމު ގޮތެއްގައި ކާބޯތަކެތީ ކުޑަ އަގެއްގައި ލިބޭ ގައުމެކެވެ. އާފަލު ކިލޯއެއް 1.85 ޑޮލަރަށް ހުންނަ އިރު ޓޯމާޓޯއާ އަލުވި ފަދަ ތަކެތީގެ އަގު އުޅެނީ އެއް ޑޮލަރަށް ވުރެ ވެސް ދަށް އަގެއްގައެވެ.

އުރުދުންގައި ރޯދަމަހާ ދިމާކޮށް އެއްޗެހީގެ އަގު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މާރުކޭޓު ސަރަހައްދުގެ އިތުރުން އެހެނިހެން ކާރުބާރު ބޮޑު ސަރަހައްދުތަކުގައި އެކްސިޑެންޓްތައް މަދު ކުރުމަށް ޓްރެފިކް ފުލުހުން ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އުރުދުންގެ ސިވިލް ޑިފެންސް ޑިޕާޓްމެންޓުން ބުނީ، ރެސްޓޯރެންޓްތަކާއި ކާބޯތަކެތި ވިއްކާ ތަންތަނުން ގަވާއިދަށް މަސައްކަތް ކުރޭތޯ ބެލުމަށް އެ ޑިޕާޓްމެންޓުގެ ޓީމުތަކުން އެތަންތަން އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

އުރުދުން ރަސްގެފާނު ފަލަސްޠީނަށް ވަޑައިގަންނަވަނީ

06 އޯގަސްޓު 2017
އުރުދުން ރަސްގެފާނު ފަލަސްޠީނަށް ވަޑައިގަންނަވަނީ
23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
14 ޖޫން 2017

ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

14 ޖޫން 2017
 ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު