Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެބޯޝަން

އަލަބަމާގައި އެބޯޝަން މަނާކުރާ ގާނޫނު ފާސްކޮށްފި

15 މެއި 2019 | ބުދަ 07:52

މިއީ އެމެރިކާގައި ފާސްކުރި މިބާވަތުގެ އެންމެ ހަރުކަށި ގާނޫނު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 މެއި 2019 | ބުދަ 07:52
ރޭޕްގެ ޝިކާރައަަށްވާ މީހަކަށް ވެސް އެބޯޝަން ނުހެއްދޭނެ

ރޭޕްގެ ޝިކާރައަަށްވާ މީހަކަށް ވެސް އެބޯޝަން ނުހެއްދޭނެ

އަލަބަމާގައި އެބޯޝަން މަނާކުރުމަށް އެ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ އެމެރިކާގައި ފާސްކުރި މިބާވަތުގެ އެންމެ ހަރުކަށި ގާނޫނެވެ.

އެ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުން ބިލް ފާސްްކުރީ ބިލުގައި ހިމެނި އިސްތިސްނާ ހާލަތްތައް ކަމަށްވާ، ރޭޕްގެ ޝިކާރައަކަށް ވާ މީހުންނާއި ކައިވެނީގެ ގުޅުން މަނާވާ މިންވަރަށް އާއިލީ ގޮތުން ގާތްކަން ހުރި މީހަކަށް ބަލިވެ އިނދެ ވިހެއުން ފަދަ ހާލަތްތައް ވެސް ނުހިމަނައެވެ.

މި ބިލް ދެން އަރާނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގަވަރނަރ ކޭ އައިވީގެ އަތްޕުޅަށެވެ. އެ ކަމަނާ ބިލް ތަސްދީގު ކުރައްވާނެކަން ނުވަތަ ނޫންކަން ހާމަކުރައްވާފައި ނުވާއިރު އެ ކަމަނާއަކީ އެބޯޝަންއާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ.

އެކްޓިވިސްޓުން ދެކޭ ގޮތުގައި މި ބިލްވެގެންދާނީ 1973 ވަނަ އަހަރު އެބޯޝަން ހުއްދަކޮށް ސުޕްރީމް ކޯޓުން ނިންމި ތާރީޚީ ނިންމުމަށް ގޮންޖަހާނެ ނިންމުމަކަށެވެ.

އަލަބަމާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މި ބިލް މަހުގެ ކުރީކޮޅު ފާސްކޮށްފައި ވަނީ 74 ވޯޓުންނެވެ. ދެކޮޅަށް ވޯޓް ދީފައި ވަނީ ތިން މެމްބަރުންނެވެ.

އެބޯޝަން ހުއްދަ ކުރެވޭނީ ޚާއްސަ ހާލަތްތަކެއްގައި މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށެވެ.

ނޭޝަނަލް އޯގަނައިޒޭޝަން ފޮރ ވިމެން އިން ބުނެފައިވަނީ މި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށާއި މިއީ ކުރިޔަށް އޮތް އިންތިޚާބަށް އެބޯޝަނާ ދެކޮޅު ކެންޑިޑޭޓުން ތާއީދު ހޯދުމަށް ސިޔާސީ ގޮތުން ކޮށްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
16 މާރިޗު 2017

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

16 މާރިޗު 2017
މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް