Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްސީއެފްސީ ހުއްޓާލުން

އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަކަށް ރާއްޖެ

28 ޖޫން 2021 | ހޯމަ 17:53

އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ޖޫން 2021 | ހޯމަ 17:53
އާމިނަތު ޝައުނާ / މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

އާމިނަތު ޝައުނާ / މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެެ.

ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން، ނުވަތަ ކުރުކޮށް ބުނާނަމަ "އެޗްޕީއެމްޕީ"އަކީ 2010ވަނަ އަހަރު އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއިން ނައްތާލުމުގެ ގޮތުން 2010ގައި ފެށި 10 އަހަރުގެ މަޝްރޫއެކެވެ. މިމަޝްރޫއު ހިންގާފައިވަނީ މަލްޓިލެޓަރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީ މެދުވެރިކޮށެވެ. 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއަށް އެތެރެ ކުރެވިފައިވާއިރު، 10 އަހަރުގެ މުއްދަތެއް ތެރޭގައި 2020 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކުރެވިފައެވެ.

Advertisement - newsAdvertisement

މިއީ ޕްރޮޓޮކޯލް އިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިއެވެ. އަދި ދިވެހިރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ގައުމެވެ.

ރަސްމީ ގޮތެއްގައި މިމަޝްރޫއު ނިންމާލުމަށް، މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަސައްކަތްކުރި ހުރިހާ އޮފީސްތަކާއި ވުޒާރާތަކުގެ އިސްބޭފުޅުން ބައިވެރިކޮށްގެން އާދީއްތަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

'A Cool Move: Maldives Quits HCFC'ގެނަމުގައި ބޭއްވި މިރަސްމިއްޔާތުގައި،އެޗްޕީއެމްޕީތަންފީޒުކުރެވުނުގޮތާއިކާމިޔާބުކަމާއިއެކުފޭސް-އައުޓްކުރުމުގައިގެންގުޅުނުއުސޫލުތަކާއިބެހޭގޮތުންއެކިދާއިރާތަކާއިވުޒާރާތަކުން ވަނީ ވާހަކަދައްކަވާފައެވެ.

މިރަސްމިއްޔާތުގައި އެންވަރަންމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހައިޑްރޯފްލޯރޮކާބަންސް (އެޗްއެފްސީ) ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރިކަމަށާއި އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިބަދަލުތައް ގެނެވުމުން މި ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓެކްނޯލޮޖިކަލް ގޮތުންނާއި ފައިސާގެ ގޮތުން ލިބެންޖެހޭ ސަޕޯޓް ލިބިއްޖެކަމަށްވާނަމަ، އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރީޖަނަލް ބަނދަރުތައް ހިމެނޭގޮތުގެ މަތީން ރަސްމީ ބަނދަރުތަކުގައި އެޗްސީއެފްސީ މާއްދާތައް ބަލައި ފާސްކުރެވޭނެ ނިޒާމުތަކެއް ގާއިމުކުރެވުނު ކަމަށާއި، އެގޮތުން މުދާ ޗެކްކޮށް ދޫކުރުމުގައި އެޗްސީއެފްސީގެ ބާވަތްތައް ލޭބަލް ކުރެވިފައި ހުންނަ ގޮތާއި، އޮޅުވާލުންތައް ދެނެގަނެވޭނެ ގޮތާއި، ޓެސްޓް ކުރެވޭނެ ގޮތްތައް ކަސްޓަމްސްގެ ސަރަޙައްދުތަކުގައި ޤާއިމުކުރެވި ބޭނުންކުރެވެމުން ދާކަމަށާއި އަދި މިފަދަ ގޭސްތައް ޓެސްޓް ކިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ގާބިލުކަމާއި ތައްޔާރީތައް ފުރިހަމައަށް ގާއިމުވެފައި ހުރިކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް