Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް މިނިސްޓަރަށް ރުހުންދިނުން

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދަށް މަޖިލީހުން ރުހުން ދީފި

މިނިސްޓަރަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 55 މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖޫން 2021 | ހޯމަ 08:22
ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުހައްމަދު ފަލާހު ވިދާޅުވީ ޑރ. ހުސައިން ރަޝީދަށް ރުހުންދިނުމުގެ ކަންތަކުގައި ކުރިން އަރާފައިވާ އޮޅުންތައް މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރގެ އެއްވެސް ހިއްސާއެއް ކުންފުންޏެއްގައި ނެތްކަން އިކޮނޮމިކް މިނިސްޓްރީން ސާފުކޮށްދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިނިސްޓަރާ ގުޅޭގޮތުން ކަންކަން ސާފުވެފައިވާތީ މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދުދާއިރާގެ މެންބަރ ހުސައިން މުހައްމަދު ދީދީއެވެ. މިއާއެކު މިނިސްޓަރަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އެހުނެވެ. މިވޯޓުގައި ބައިވެރިވެވަޑައިންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ގެ މަގާމަށް ޑރ. ހުސައިން ރަޝީދު ހަސަން އައްޔަނުކުރެއްވީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ. ހުސައިން ހުންނެވީ އެންވަޔަރުންމެންޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ޑރ. ހުސައިނަކީ މީގެ ކުރިން ވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ ރައީސް ނަޝީދުގެ ދައުރުގައެވެ.

ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނެފައިވަނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް" ޝުކުރުއަދާކުރައްވާފައި ކަމަށެވެ.

ޒަހާ އިސްތިއުފާ ދެއްވީ ކެބިނެޓާއި ސިޔާސަތުތަކަށް ބަދަލު ގެނެސް ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ވިސްނެވުންތަކެއް ރައީސް ގެންގުޅުއްވާ ކަން ރައީސް އޮފީހުން އިއުލާންކޮށްފައި ވަނިކޮށެވެ. ބޭނުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް އަވަހަށް ފުއްދަވައި ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެއްވުމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު