Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބިސްރަމަލު

ބިސްރަމަލާއި ޔޫރޯ 2020

ނަތީޖާ ދިމާކުރުމަށް ތަންކޮޅެއް ކުރިން ޒާތެއްގެ ބޯވައެއް ވެސް ބޭނުންކުރި

| 27 ޖޫން 2021 | އާދީއްތަ 11:46
ޔޫރޯގެ ބިސްރަމަލު ޖެހުން: ޑެންމާކުގެ ނަން ލިޔެފައިވާ ބިހުގައި ޖެހި ވޭލްސްގެ ނަން ލިޔެފައިވާ ބިސް އެއޮތީ ތެޅިފައި

ޔޫރޯގެ ބިސްރަމަލު ޖެހުން: ޑެންމާކުގެ ނަން ލިޔެފައިވާ ބިހުގައި ޖެހި ވޭލްސްގެ ނަން ލިޔެފައިވާ ބިސް އެއޮތީ ތެޅިފައި

ފުޓުބޯޅަ ފަންޑިތައަކީ އޭޝިއާ އާއި އެފްރިކާ އަދި ކެރީބިއަންގެ ގައުމުތަކުގައި ވަރަށް ގިނަބަޔަކު ގަބޫލުކުރާ އެއްޗެކެވެ. ރާއްޖެވެސް ހިމެނޭ ގޮތުންނެވެ. ބައްދަލުކުރާ ދެ ޓީމުގެ ތެރެއިން ވަކި ޓީމެއް މޮޅުކުރުމަށްޓަކައި ފުޓްބޯޅައާއި ގުޅުމެއް ނެތް އެކިބާވަތުގެ ކަންވެރިކަމަށް ކިޔަނީ ފުޓުބޯޅަ ފަންޑިތައެވެ. ދިވެހީންގެ ތެރޭގައި އެޔަށް ބޫގަލޭވެސް ކިޔައެވެ. އުންޑަ ކެއްކުމޭވެސް ކިޔައެވެ. އަދިވެސް ތަފާތު ނަންތަކެއް އެކި ސަރަހައްދުތަކުގައި ހުރުން އެކަށީގެންވެއެވެ. ފުޓްބޯޅަ ފަންޑިތައަށް ވަރަށް މަޝްހޫރު މީހުންވެސް އުޅެއެވެ. އެކަހަލަ މީހުންނަށް މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ކިޔަނީ ބޫގަލް މާސްޓަރެވެ.

ޔޫރަޕުގެ ގައުމުތަކުގައި މިޒާތަށް ބޫގަލް ހެދުމެއް ނޯވެއެވެ. އެކަމަކު މެޗުން ނުވަތަ މެޗުތަކުން މޮޅުވާނޭ ޓީމު ދެނެގަތުމަށްޓަކައި ތަފާތު އެކިކަހަލަ ކަންކަން ކުރުން އޮވެއެވެ. އެޔަށް ރަމަލު ޖެހުމޭ ނުވަތަ ފާލުބެލުމޭވެސް ކީދާނެއެވެ. ރަމަލަކީ ނޭނގުމުގެ ތެރޭގައިވާ ކަންކަން ނުވަތަ ފޮރުވިފައިވާ ކަންކަން ހޯދޭކަމަށް ބުނާ އިލްމެވެ. ފާލުބެލުމަކީ ކުރިމަގުގައި ހިނގާން ހުންނަ ކަންކަން އޮޅުން ފިލުވުމަށް ކަންތައްތަކެއް ކުރުމެވެ. ފުޓުބޯޅަ މެޗަކުން މޮޅުވާނެ ބަޔަކު ހޯދާން އުޅުމަކީ ރަމަލު ނުވަތަ ފާލުބެލުމުގެ ގިންތިއަށް ފެތޭ ކަމެކެވެ. ޔޫރަޕުގެ ގައުމުތަކުގައި މިކަމަށް ވަރަށް ތަފާތު ކަންތައް ކުރެއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ތަށި ހޯދާނެ ބަޔަކު ދެނެގަތުމަށާއި އެކިއެކި މެޗުތަކުން މޮޅުވާނެ ޓީމުތައް ދެނެގަތުމަށް ވިލާތު މީހުން އެއްފަހަރު ބޯވައެއް ބޭނުން ކުރިއެވެ. ފެން ޓޭންކަކަށް ބޯވައެއް ލައިގެން އެޔަށް ކާންނުދީ ހާންތިކޮށްފައި ބާއްވައިގެން މެޗު ކުޅޭ ދެ ގައުމުގެ ދިދަ ކުރަހާފައި ކާނާގެ ދެ ކޮންޓޭނަރު ފައްތައިލީމާ އެއްކަލަ ބޯވަ އެންމެ ފުރަތަމަ ކައިރިވެގަންނަ ކޮންޓޭނަރަކީ އެ މެޗަކުން މޮޅުވާނޭ ގައުމު ކަމަށް ނިންމައެވެ. ބައެއް ފަހަރު މި ލަފާކުރުން ދިމާވެއެވެ. އަނެއްބައިފަހަރު ދިމާނުވެއެވެ. ބޯވައިގެ އިތުރުން ވެލާކަހަނބާއި އެނޫންވެސް އެކިކަހަލަ ތަކެތި ބޭނުންކުރުން އޮވެއެވެ. މިކަމަށް މީޑިއާގެ ސަމާލުކަންވެސް ވަރަށް މަތީ ދަރަޖައަށް ލިބިގެންދެއެވެ.

މިހާރު ކުރިއަށްދާ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުން ފެށިގެން އެކި މެޗުތަކުން މޮޅުވާނޭ ޓީމުތަކާއި މުބާރާތުގެ ތަށި ހޯދާނޭ ޓީމު ލަފާކުރުމަށް ކުރިން ފެނިފައިނުވާ އައު ރަމަލުޖެހުމެއް ނުވަތަ ފާލުބެލުމެއް މިހަފުތާގައި ވަނީ ފެނިގެންގޮސްފައެވެ. މިއީ ކުކުޅުބިސް ބޭނުންކޮށްގެން ކުރި ކަމަކަށްވާތީ މިކަމަށް ކިޔުން އެންމެ އެކަށީގެންވާ ނަމަކީ ބިސްރަމަލެވެ. ކޮންމެއަކަސް ބިސްރަމަލުގައި އޮންނަ ކަމަކީ ކުޅޭ ދެޓީމުގެ ނަން ދެ ބިހުގައި ލިޔެފައި އެދެބިސް ދެއަތަށް ލައިގެންހުރެ ދޭތިދޭއްޗަށް ޖަހައި ތަލާލަނީއެވެ. ބާރުލާންޖެހެނީ ދެއަތަށް އެއްވަރަކަށެވެ. މިގޮތަށް ޖެހީމާ ތެޅުނު ބިހަކީ ބަލިވާ ޓީމެވެ. ނުތެޅި އޮންނަ ބިހަކީ މޮޅުވާ ޓީމެވެ.

މީގެ ކުރިން ރަމަލުޖެހުމާއި ފާލުބެލުމުގައި ބޭނުންކޮށްފައިވާ ވަސީލަތްތަކާއި އުކުޅުތަކުން ސައްތައިން ސައްތަ ނަތީޖާތަކެއް ފެނިފައި ނުވެއެވެ. އޮންނަނީ ދިމާވުމާއި ނުވުމެވެ. މިފަހަރުގެ ޔޫރޯގެ ގަދަ ސޯޅައިގެ ބުރު ހޮނިހިރު ދުވަހުގެ ރޭ ފެށިގެން އެރޭ ކުޅުނު ދެމެޗު ނިމިގެން ދިޔައީވެސް ބިސްރަމަލުން ދެއްކި ގޮތަށެވެ. އެހެންވީމާ ފުރަތަމަ ރޭ އެއޮތީ ސައްތައިންސައްތަ ނަތީޖާއެކެވެ. ޑެންމާކާއި އިޓަލީ މޮޅުވާނޭ ކަމަށް ބިސްރަމަލުން މާކުރީންވެސް އޮތީ ދައްކައިފައެވެ. މިރޭ ކުޅޭ ދެމެޗަށް ބަލާއިރު ހޮލެންޑާއި ބެލްޖިއަމް މޮޅުވާނޭ ކަމަށްވެސް ބިސްރަމަލުން އޮތީ ދައްކައިފައެވެ. ފުރަތަމަ ރޭ ނަތީޖާތައް ދިމާވިގޮތަށް ދެވަނަ ރޭ މިކަން މިމަގުން ހިނގާތޯ ބެލުމަށް އެތައް މިލިޔަން ބަޔަކު ތިބީ އިންތިޒާރުގައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2021

ޔޫރޯ 2020 - ރޮބަރޓް ލެވަންޑޯސްކީ

05 ޖޫން 2021
ޔޫރޯ 2020 - ރޮބަރޓް ލެވަންޑޯސްކީ
05 ޖޫން 2021

ޔޫރޯ 2020 - ކްރިސްޓިއާނޯ ރޮނާލްޑޯ

05 ޖޫން 2021
ޔޫރޯ 2020 - ކްރިސްޓިއާނޯ ރޮނާލްޑޯ
04 ޖޫން 2021

މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ

04 ޖޫން 2021
މަޝްހޫރު ބައެއް ކުޅުންތެރިން ޔޫރޯއާ އަލްވަދާއު ކިޔާނެ
04 ޖޫން 2021

ޔޫރޯގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ

04 ޖޫން 2021
ޔޫރޯގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ
04 ޖޫން 2021

މި ފަހަރުގެ ޔޫރޯއަށް ދިން ބައެއް ލުއިތައް

04 ޖޫން 2021
މި ފަހަރުގެ ޔޫރޯއަށް ދިން ބައެއް ލުއިތައް
04 ޖޫން 2021

ޔޫރޯ މި އަހަރަށް ފަސްކުރީ ކީއްވެ؟

04 ޖޫން 2021
ޔޫރޯ މި އަހަރަށް ފަސްކުރީ ކީއްވެ؟
04 ޖޫން 2021

ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން

04 ޖޫން 2021
ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން
31 ޑިސެމްބަރު 2020

2020: ބައިނަލްއަޤުވާމީ މަޝްރަހަށް އަވަސް ކަޅިއެއް

31 ޑިސެމްބަރު 2020
2020: ބައިނަލްއަޤުވާމީ މަޝްރަހަށް އަވަސް ކަޅިއެއް
17 ޖޫން 2020

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020: އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން

17 ޖޫން 2020
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020: އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން
21 ނޮވެމްބަރު 2019

ގްރެމީ އެވޯޑްސް 2020 ނޮމިނޭޝަންތައް އިއުލާންކޮށްފި؛ ލިޒޯ، ބިލީ އަދި ލިލް ނާސް ތާރީހުގެ ތެރެއަށް!

21 ނޮވެމްބަރު 2019
ގްރެމީ އެވޯޑްސް 2020 ނޮމިނޭޝަންތައް އިއުލާންކޮށްފި؛ ލިޒޯ، ބިލީ އަދި ލިލް ނާސް ތާރީހުގެ ތެރެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު