Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީއަށް 16 އަހަރު ފުރުން

16 އަހަރުވީ އިރު ވެސް ޕާޓީ ކުރިއަށް މިދަނީ ނުތަނަވަސްކަމުގެ ތެރޭގައި: ޝިފާޒް

26 ޖޫން 2021 | ހޮނިހިރު 14:28

ޕާޓީއަށް 93،000 މީހުން ހަމަވެފައި ތިބީ ޕާޓީގައި ވަރަށް ގިނަ ވިސްނުންތަކެއް ހިމެނިގެން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 26 ޖޫން 2021 | ހޮނިހިރު 14:28
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރާއިރު، މި ޕާޓީގެ މަސައްކަތް ނިމުނީ ކަމަށް ގަބޫލުކޮށް ތިބެގެން ނުވާނެ ކަމަށާއި، އަދިވެސް ޕާޓީ ކުރިއަށް މިދަނީ ނުތަނަވަސްކަމުގެ ތެރޭގައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޕާޓީން ބޭއްވި 177ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝިފާޒް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެކަމަކު ޕާޓީ ވުޖޫދަށް އައިސް މާ ގިނަ ދުވަހެއް ނުވެ ވަރަށް ބޮޑެތި ކާބީތައް ހާސިލްކޮށްފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީ އެކުލަވާލާ، އެ ތަސްދީގުކުރަން ވެސް ބުރަ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ އޭގެ ފަހުން ބޭއްވި ފުރަތަމަ އިންތިހާބު ވެސް އެމްޑީޕީ ކާމިޔާބުކޮށް މާ ގިނަ ދުވަސްތަކެއް ވެރިކަމުގައި ތިބެން ނުލިބުނު ކަމުގައި ވީނަމަވެސް ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެތައް ކަމެއް ކާމިޔާބުކުރެވުނު ކަމަށެވެ. އެގޮތުން ހިލޭ ބޭސްފަރުވާ އާއި ފޮތް ފަންސުރު ފަދަ ތަކެތި ފޯރުކޮށްދިނުމަކީ އެމްޑީޕީން ގައުމަށް ކޮށްދިން އެންމެ މިހިންމު ކަންތައްތައް ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ބަޣާވާތަކުން ވެރިކަން ވައްޓާލުމުން ޕާޓީ މަގުމަތިވި ކަމަށެވެ. އެކަމަކު އަނެއްކާވެސް ޕާޓީގެ މެމްބަރުންގެ މަސައްކަތުން ދެވަނަ ވެރިކަމަށް ހޮވިފައިވާއިރު، މިހިސާބުން ކަންކަން ލުއިވެ ފަސޭހަވީ ކަމަށް ނިންމަން ނުވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އިސްލާމް ދީނާއި ބީރައްޓެހި އުސޫލުތަކެއް އެއީ އިސްލާމީ އުސޫލުތައް ކަމުގައި ހަދައިގެން އެކަން ދައްކާ ގައުމަށް ފަތުރަން ބަޔަކު މަސައްކަތްކުރުމަކީ އެމްޑީޕީއަށް އަތް އުރާލައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ދިން ޓެރަރިސްޓް ހަމަލާ އަކީ ވެސް އެކަމުގެ ހެއްކެއް ކަމުގައި ޝިފާޒް ވިދާޅުވިއެވެ. އަދި މިކަންކަމާ ދެކޮޅަށް ބަސްބުނާ މީހުންނާ ދެކޮޅަށް އެމީހުން މަރާލަން ގޮވުމަކީ ވެސް ނުރައްކާތެރި ކަމެއްގެ ގޮތުގައި ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިއީ ހުސް ޕާޓީން ކުރަން ހުރި މަސައްކަތްތައް ކަމަށާއި، ޕާޓީގެ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. ޕާޓީއަށް 93،000 މީހުން ހަމަވެފައި ތިބީ ޕާޓީގައި ވަރަށް ގިނަ ވިސްނުންތަކެއް ހިމެނިގެން ކަމަށެވެ. އެހެންވީމަ ތަފާތު ހިޔާލުތައް ހުންނާނެ ކަމަށާއި، ތަފާތު ކަންކަން ހުންނާނެ ކަމަށެވެ. އެކަމަކު ޕާޓީގެ އަސާސްތަކާއި ޕާޓީގެ މަގްސަދާ އެއްގޮތަށް ކުރާ މަސައްކަތްތަކުގައި ފަސްޖެހިގެން ނުވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް