Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް

އެމްޑީޕީއަކީ ގައުމު ބިނާކޮށް، ޙާލަތު ރަނގަޅުކުރުމުގެ އެންމެ މުހިންމު އެއް ތަރަހަ- ރައީސް ނަޝީދު

ގައުމެއް ބިނާކޮށް، ރައްޔިތެއްގެ އާންމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިންމު ތަރަހައަކީ އިންތިޒާމުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 ޖޫން 2021 | ހޮނިހިރު 12:30
ރައީސް މުޙައްމަދު ނަޝީދު

ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީއަކީ ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކުރުމުގެ އެންމެ މުހިންމު އެއް ތަރަހަކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

6 ޖޫން 2005ގައި ރަޖިސްޓްރީ ކުރި އެމްޑީޕީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވަނީ، ގައުމު ހިންގުމުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެމްޑީޕީގެ ދިދައިގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ގައުމެއް ބިނާކޮށް ރައްޔިތެއްގެ އާންމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިންމު ތަރަހައަކީ އިންތިޒާމުވެގެން ހިންގާ، ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށެވެ. ދިވެހިރާއްޖޭގައި މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އަދި ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ މެމްބަރުންނަށް ފޮނުއްވައި، އުފާވެރި އަހަރުތަކެއް ޕާޓީއަށް ލިބުމަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އެންމެހާ މެންބަރުންނަށް ފޮނުއްވާފައެވެ.

މި މުނާސަބާގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ ޕާޓީގެ އެންމެހައި މެމްބަރުންނަށާއި ޕާޓީއަށް ތާއީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނު ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޚަމްކޮށްލާފައިވާ ވަގުތެއްގައި ކަމަށެވެ. މި ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، ޕާޓީގެ ފިކުރަށާއި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއް ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރާއިރު، އެޕާޓީން ވަނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ. މީގެ އިތުރުން 2018ގައި ބޭއްވި ރިޔާސީ އިންތިޚާބާއި، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އަދި ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު