Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
241 ކޮމިޓީގެ އިންކުއަރީގެ މަސައްކަތްތައް

241 ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފި

އިލްޔާސް ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖޫން 2021 | ހޮނިހިރު 10:56
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު،

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު،

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި މީހުން ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންނާއި މިނިސްޓަރުން ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

އިންކުއަރީއަށް މެންބަރު އިލްޔާސް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ. އެކަމާއި ގުޅިގެން މެމްބަރު އިލްޔާސް ވިދާޅުވީ 241 ކޮމިޓީގެ މެންބަރު ކަމުން މިދިޔަ ހަފުތާގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށާއި ވަކި ފަރުދެއްގެ ހައިސިއްޔަތުން ކޮމިޓީއަށް ހާޒިރުވެ ބަޔާންދީފައިވާ ކަމަށެވެ.

މެމްބަރު އިލްޔާސާ ސުވާލުކޮށްފައިވާއިރު، މީގެ ކުރިން މެމްބަރު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހަކު ހިއްސާކުރުމުން އެކަން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަަމަށާއި، ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ރިޕޯޓު ކުރުމަށް އަންގާފައި ނެތްކަމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުނު ކަމަށެވެ. އެ އެމައުލޫމާތު ވަގުތުން ރައީސް ނަޝީދާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވެސް މެމްބަރު އިލްޔާސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއަށް ގުޅުއްވައި ރައީސް ނަޝީދުގެ އިރުޝާދާއެކު، އެ މައުލޫމާތު މިނިސްޓަރަށް އަރުވާފައިވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ، އޭނާއަށް ލިބިފައިހުރި މައުލޫމާތުގެ ތަފްސީލު މިނިސްޓަރާ ހިއްސާ ކޮށްފައިވާނެ ކަމަށާއި، ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ އެ އެމުއައްސަސާއާ ހިއްސާކުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްއާ ވެސް ހިއްސާކުރުމަށް އަންގާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީން މިހާރު ކުރަމުންދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް އިންކުއަރީން 49 މީހަކާ ވަނީ ސުވާލުކޮށްފައެވެ. ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މި މަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލައި، ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު