Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްރާއީލް ޕާސްޕޯޓް މަނާކުރުން

"އިސްރާއީލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސްކުރީ ނަތަންޔާހޫ އަށް ވެސް ރާއްޖެ އާދެވޭ ގޮތަށް" : މީކާއިލް

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 08:17
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިސްރާއީލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސް ކުރީ އިސްރާއިލު މީހުންނަށް އާދެވޭ ގޮތަށް ކަމަށާއި ބިލު ފާސްކޮށްފައި ވަނީ ބިލުގެ މަގްސަދާއި ވެސް ޚިލާފަށް ކަމަށް ބިލު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއި ވެސް އެކުގައެވެ.

އެހެންނަމަވެސް ބިލަށް ވޯޓު ދިނީ ބިލު އޮތް ގޮތާއި މެދު ފުރިހަމަ އަށް ރުހޭތޯ ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. "އިސްރާއީލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސްކުރީ ނަތަންޔާހޫ އަށް ވެސް ރާއްޖެ އާދެވޭ ގޮތަށް" ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބިލަށް ވޯޓު ދޭން އެމްޑީޕީން ނިންމީ، އެ ބިލަށް އެމްޑީޕީން ވޯޓު ނުދީފި ނަމަ ސަރުކާރުގެ މެމްބަރުން އެކަމާއި މެދު ފިތުނަ އުފައްދާނެތީ ކަމަށެވެ.

ޑުއެލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އާދެވޭ ގޮތަށް އެ ބިލު ފާސްކުރުމުން އެކަމާއި މެދު އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި އެމްޑީޕީގެ އެހެނިހެން މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ބިލު މިހާރު ފާސްކުރީ ރައްޔިތުން ބޭނުންވި މަގްސަދު ހާސިލްވާ ގޮތަށް ނޫން ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނާޒިލް ވަނީ ކުރިއަށް އޮތްތަނުގައި އެކަމާއި މެދު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މަޝްވަރާ ކޮށް އިސްރާއިލް ޕާސްޕޯޓް އޮތް އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް ހަމަޖެއްސުމަށް އަމަލު ކުރެވިދާނެ ގޮތެއް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ މައްސަލަ އާއި ގުޅިގެން ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން ނިންމީ ހޯމަ ދުވަހުއެވެ.

އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް ވާ އިރު މި ނިންމުން ނިންމާފައި މި ވަނީ އިސްރާއިލް ޕާސްޕޯޓު މަނާކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރިތާ 316 ދުވަސް ފަހުންނެވެ.

މި އިސްލާހު ހުށަހަޅަނީ އިމިގްރޭޝަންގެ އެދުމުގެ މަތިން ކަމަށް ޕީއެންސީން ބުނި ނަމަވެސް އެއީ ބަލައިގަނެވޭ ވާހަކަ އެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. އިމިގްރޭޝަނުން ބުނެފައި ވަނީ ބިދޭސީން ރާއްޖެ އެތެރެވާ އިރު އެ މީހުން ނިސްބަތްވާ ޤައުމިއްޔަތު ދެނެގަތުމަށް ބަލަނީ، އެ ބިދޭސީން ހުށަހަޅާ ޕާސްޕޯޓު ކަމަށެވެ. އެހެންކަމުން އެ މީހާ އަކީ ދެ ގައުމެއްގެ ޕާސްޕޯޓު އޮންނަ ޑުއަލް ސިޓިޒަނެއްކަން ކަށަވަރު ނުކުރެވޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެއީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ޤަބޫލުކުރެވޭ ކަމެއް ނޫން ކަަމަށް މީކާއިލް ވިދާޅުވިއެވެ.

މީގެ ކުރިން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ އިސްރާއީލްގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ވަކާލާތުކުރައްވާފައެވެ.

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވިއެވެ. ނަމަވެސް މީގެ ކުރިން މި ބިލާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއްވެސް ނުބާއްވާތީ އެކަމަށް މެމްބަރުން އައީ ފާޑުކިޔަމުންނެވެ.

މީކާއީލް އަހުމަދު ނަސީމްއިސްރާއީލް ޕާސްޕޯޓުރައްޔިތުންގެ މަޖިލިސްއިބްރާހިމް ނާޒިލް241 ކޮމިޓީބަންޑާރަނައިބު އަހުމަދު އުޝާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު