Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީރާ

ޖަމިއްޔާތަކުން 31 އޮގަސްޓުގެ ކުރިން އަހަރީ ރިޕޯޓް ހުށަހެޅުމަށް އެދިއްޖެ

25 ޖޫން 2021 | ހުކުރު 17:51

ތާރީޚުގެ ނިޔަލަށް ލިޔެކިޔުން ހުށަނާޅާ ޖަމިއްޔާތައް ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖޫން 2021 | ހުކުރު 17:51
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް

ޖަމިއްޔާތަކުން 31 އޮގަސްޓުގެ ކުރިން އަހަރީ ރިޕޯޓާއި ޑޮނޭޝަންގެ މައުލޫމާތު ހުށަހެޅުމަށް އެދިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނެރުނު އިއުލާނެއްގައި ވަނީ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 48ވަނަ މާއްދާގެ ދަށުން ހުށަހަޅަން ޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ޑޮނޭޝަންގެ މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚު 31 އޮގަސްޓް 2021ގެ ނިޔަަލަށް ފަސްކޮށްފައިވާ ކަމަށެވެ. މި ތާރީޚުގެ ނިޔަލަށް ލިޔެކިޔުން ހުށަނާޅާ ޖަމިއްޔާތައް ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާ އިން މިހެން ބުނެފައިވާއިރު މީރާ އިން ޓެކުހުގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 283.6 އިންސައްތަ އިތުރު ކަމަށް އެ އިދާރާއިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

މީރާއިން ބުނީ މެއި މަހު އެއިދާރާއިން 783.88 މިލިޔަން ރުފިޔާ ބަލައިގަނެފައިވާނެ ކަމަށެވެ. މި އަދަދަކީ ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މެއި މަހު މީރާއިން ބަލައިގަތް ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 496.19 މިލިއަން ރުފިޔާއެވެ. އެއީ ލިބުނު އާމްދަނީގެ 63.3 އިންސައްތައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 52.68 މިލިއަން ރުފިޔާ، 6.7 އިންސައްތަ ހިއްސާކުރާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 33.44 މިލިއަން ރުފިޔާ ހިއްސާކުރަނީ 4.3 އިންސައްތައެވެ.

އޭގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބުނު 32.74 މިލިއަން ރުފިޔާއިން ހިއްސާކުރަނީ 4.2 އިންސައްތައެވެ. އަދި ވޯރކްޕަރމިޓް ފީގެ ގޮތުގައި ލިބުނު 29.32 މިލިއަން ރުފިޔާ ހިއްސާކުރަނީ 3.7 އިންސައްތައެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ ހިއްސާކުރަނީ 17.8 އިންސައްތައެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި މެއި މަހު އެއިދާރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 32.79 މިލިއަން ޑޮލަރު ހިމެނެއެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި ފާއިތުވި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހު މާލެ ލޮކްޑައުންކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި އެމުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިއަހަރުގެ މެއި މަހު އިންކަމް ޓެކްސް، ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލިޕްމެންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުކަން މީރާއިން ފާހަގަކުރެއެވެ.

އޭގެ އިތުރުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާތީ، މެއި މަހަށް އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވިފައިވާކަމަށް މީރާއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2018

އިންތިޚާބުގެ ކުރިން ޕާކިސްތާނުގެ ގައުމީ އެއަރލައިން ވިއްކާލަނީ

15 ޖެނުއަރީ 2018
އިންތިޚާބުގެ ކުރިން ޕާކިސްތާނުގެ ގައުމީ އެއަރލައިން ވިއްކާލަނީ
17 ސެޕްޓެމްބަރު 2017

އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!

17 ސެޕްޓެމްބަރު 2017
އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!
27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް