Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށްޖެހުން

އަމާޒަކީ ކޮވިޑްގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް ރުޖޫޢަކުރުން - މިނިސްޓަރ އަމީރު

24 ޖޫން 2021 | ބުރާސްފަތި 06:52

2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 34 އިންސައްތަ ދަށަށް ދިޔަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖޫން 2021 | ބުރާސްފަތި 06:52
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކޮވިޑް-19ގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހިސާބަށް އަލުން އިގުތިސާދު ގެންދިއުމަށް ކުރަންޖެހޭ ޚަރަދުތައް މިހާރު ކުރުމަކީ ސަރުކާރުން އިސްކަންދީގެން ކުރަމުން އަންނަ ކަމެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ސަބަބުން ގެއްލުން ލިބެމުންދާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓިމިއުލަސް ޕްކޭޖުތައް ތައާރަފްކުރުމާ ގުޅިގެން މިނިސްޓަރ އަމީރު ދެއްކެވި ވާހަކައިގައި އެމަނިކުފާނު ވަނީ ސަރުކާރުގެ އަމްދަނީއަށް ބޮޑެތި ލޮޅުންތައް އައި ނަމަވެސް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ ޚަރަދުތަކެއް ކުރަމުން ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ވަރަށްބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށާއި 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 34 އިންސައްތަ ދަށަށް ދިޔަކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ސަރުކާރުން އަންދާޒާކުރި އާމްދަނީ 15 ބިލިއަން ރުފިޔާއިން ދަށަށް ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރު ވެސް ދައުލަތުގެ އާމްދަނީއަށް ލޮޅުން އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ މިގޮންޖެހުންތަކާ އެކުވެސް ސަރުކާރުން ދަނީ ސިއްހީ، އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތަކަށް ރިލީފް ޕެކޭޖުތައް ދެމުން ކަމަށާއި މީގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އަންނަ ލޮޅުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން މެދުވެރިކޮށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯނު ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމަށާއި ކޮވިޑް-19ގެ ސަބަބުން ކުރަންޖެހުނު އިތުރު ކަންކަމަށް ސަރުކާރުން އިތުރު 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިކުރެވުނު ޚަރަދުތަކަކީ ރާއްޖޭގެ މިހާރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ އިންސައްތަކަމަށެވެ. މިއީ ނެޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ 2019 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް ވީހާވެސް އަވަހަށް އިޤްތިސާދު ރުޖޫއަކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާސިލުވުމައްޓަކައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަމުންގެންދިއުން ކަމަށް މިނސިްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ދޫކުރަމުންދާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މި ޕޭކޭޖުގެ ދަށުން ދޫކުރެވޭ ފައިނޭންސިން އަކީ ރާއްޖޭގެ ތާރިހުގައި ވެސް ފާހަގަކޮށްލެވޭނެ ވަރުގެ އިންޓްރެސްޓް ރޭޓަކާއެކު ދޫކުރެވޭ ފައިނޭންސިން އެއް ކަމަށް ވިދާޅުވެފައެވެ. މި ލޯނުތަކަކީ ވަރަށް ލުއި ލޯނުތަކެއް ކަމަށާއި މި ލޯނުތަކުގެ ސަބަބުން މިދަނޑިވަޅުގައި ގޮންޖެހުންތަކާ ކުރިމިތިލާން ޖެހިފައިވާ ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި ހުރިހާ ސްޓިމިއުލަސް ޕެކޭޖުތަކުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިސާދު ވެއްޓިފައިމިވާ އަޑިގަނޑުން ވީހާވެސް އަވަހަށް އަރައިގަނެ، ކޮވިޑްގެ ކުރިން އިޤްތިސާދު އޮތް ހާލަތަށް ދިއުން ކަމަށެވެ. ސަރުކާރުން މިހާރު މިގެންގުޅޭ ސިޔާސަތުތަކާއެކު މި އަހަރު ރާއްޖޭގެ އިޤްތިސާދު 18 އިންސައްތަ ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް