Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތުގެ ބިލު ކޮމިޓީ މަރުހަލާ

ނަފުރަތުގެ ބިލު ބޭރުކޮށްލަން ކޮމިޓީން ފާހެއް ނުވި

24 ޖޫން 2021 | ބުރާސްފަތި 02:16

ކޮމިޓީގެ މަސައްކަތްތައް ޖުލައި މަހުގެ 1ވަނަ ދުވަހަށް ނިންމުމަށް ފާސްކުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ޖޫން 2021 | ބުރާސްފަތި 02:16
ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން

ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން

ނަފުރަތުގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑަިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ގާނޫނުލް އުގޫބާތަށް އމިސްލާހު ގެންނެވުމަށް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް ބުދަ ދުވަހުގެރޭ ކުރިއަށްގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރަން ނުފެންނަށް ކަމަށް ނިންމައި ކޮމިޓީން ބިލު ބޭރު ކުރުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުޅަހެޅުއްވިއެެވެ.

Advertisement - newsAdvertisement

ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ. ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާކޮށްފައިވާ މައިގަނޑު އަސާސް ގޯސްކަމަށް ފާހަގަކުރެވޭ ކަމަށާއި، އެ ބިލު އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ހުށަހެޅުއްމަށް ރައްދު ދެއްވައި މެމްބަރުން ވިދާޅުވީ، އާންމުންގެ މެދުގައި އެހާ ޚިޔާލު ތަފާތުވުން އުފެދިފައި އޮތް ކަމެއްގައި އެއްވެސް މަސައްކަތެއް ނުކޮށް ބިލު ބޭރުކޮށްލުމަކީ، ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ބިލާ ގުޅޭ ގޮތުން އެކި މުއައްސަސާ ތަކުން ޚިޔާލު ހޯދިއިރު ވެސް ބިލު ބޭރުކޮށްލުމަށް އެއްވެސް މުއައްސަސާއަކުން ލަފާ ދީފައި ނުވާ ކަމަށެވެ.

ތިން މުއައްސަސާއެއްގެ އިތުރުން އާއްމު އެކި ފަރާތްތަކުގެ ކޮމެންޓު އެ ބިލަށް ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު ހޯދަން ކޮމިޓީން އެދުމުން، އެ ތިން މުއައްސަސާއިން ވެސް ވަރަށް ތަފްސީލީ ހިޔާލުތަކެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ބަސްމަގު ބަދަލުކުރަންޖެހޭ ކަން ގަބޫލުކުރައްވާ ކަމަށާއި، ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރަން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް އެ ބިލު ބޭރުކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައެވެ.

23 ވަނަ ދުވަހުގެ ނިޔަލަށް މި ބިލު ދިރާސާކޮށް ނިންމަން މީގެ ކުރިން ސުންގަނޑި ކަނޑައަޅާފައިވީ ނަމަވެސް، މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު ޖުލައި މަހުގެ އަށް ވަނަ ދުވަހަށް އިތުރުކޮށްފައިވާތީ، ބިލުގެ މަސައްކަތް ނިންމާ ސުންގަނޑި އިތުރުކުރަން މުގައްރިރު ހުށަހެޅުއްވިއެވެ. އެގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހަށް ކޮމިޓީގެ މަސައްކަތްތައް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވިއެވެ.

ކޮމިޓީގައި ހުށަހެޅުނު ދެ ހުށަހެޅުމަށްވެސް ވަނީ ވަކިވަކިން ވޯޓަށް އައަހާފައެެވެ.

އެގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހަށް މި ބިލުގެ ސުންގަޑި އިތުރުކުރަން ފާސްވީ ހަތް މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލު ބޭރުކޮށްލުމަށް ހުށަހެޅުއްވި ހުށަހެޅުމާ ދެކޮޅަށް ހަތް މެމްބަރުން ވޯޓު ދެއްވުމުން އެ ހުށަހެޅުން ފާހެއް ނުވިއެވެ. ބޭރުކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 2 މެމްބަރުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް

22 އޯގަސްޓު 2017
މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް
10 އޯގަސްޓު 2017

އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި

10 އޯގަސްޓު 2017
އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި
22 ޖުލައި 2017

އަނިލްގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރެވޭނެ: ފަލާހު

22 ޖުލައި 2017
އަނިލްގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރެވޭނެ: ފަލާހު
10 ޖުލައި 2017

އިދިކޮޅު ފަރާތްތަކުން ކުރަނީ ބަޣާވާތެއް، މަސީހުގެ އިތުބާރު ނެތްކަމަށް ފާހެއް ނުކުރެވޭނެ: ޕީޕީއެމް

10 ޖުލައި 2017
އިދިކޮޅު ފަރާތްތަކުން ކުރަނީ ބަޣާވާތެއް، މަސީހުގެ އިތުބާރު ނެތްކަމަށް ފާހެއް ނުކުރެވޭނެ: ޕީޕީއެމް
12 ޖޫން 2017

ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

12 ޖޫން 2017
ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި
10 މެއި 2017

މިސްބާހުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރި

10 މެއި 2017
މިސްބާހުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރި
09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް