Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ‏މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް

‏މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ފްލޫނިޔާ މަގުގެ ބްލޮކް 311ގެ މަސައްކަތް ފަށައިފި

މިހާރު ކުރިއަށްދަނީ މާފަންނު ހުޅަނގު ޕޭސް 1 އަދި ސެގްމަންޓް 1ގެ މަސައްކަތްތައް

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2021 | ބުދަ 16:16
މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން

މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން

‏މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ފްލޫނިޔާ މަގުގެ ބްލޮކް 311ގެ މަސައްކަތް ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނީ މާލޭ ސްޓްރީޓް ސްކޭޕިންގް ޕޮރޮޖެކްޓްގެ ދަށުން ބުދަ ދުވަހު ފްލޫނިޔާ މަގުގެ ބްލޮކް 311ގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މާފަންނު ހުޅަނގު ޕޭސް 1، އަދި ސެގްމަންޓް 1 ގެ މަސައްކަތްތައް ކަމަށެވެ. ފްލޫނިޔާ މަގުގެ ބްލޮކް 3ގެ މަސައްކަތް ކުރިއަށް އޮތް 14 ދުވަސްތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ބުނެއެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މާފަންނުގެ ގިނަ މަގުތަކެއް ހަދާ އާންމުންނަށް ހުޅުވާލާފައެވެ.

އާރްޑީސީން ބުނީ މިޕްރޮޖެކްޓް އެއްކޮށް ނިންމާލެވެނޭ ދުވަހެއް އަދި ނޭނގޭ ކަމަށާއި، މަޝްވަރާތަކަށްފަހު ވަކި ޓާގެޓެއް ކަނޑައެޅޭނެ ކަމަށެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އަވަހަށް މަސައްކަތް ނިންމުމަށް ކަމަށް އާރްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ނިމުމާއެކު މިހާރު ދިމާވާ މައިގަނޑު މައްސަލަތައް ކަމަށްވާ މަގު ކޮނުމާއި، ހޮޅިއެޅުމާއި، ގައުތައް ނެގުމާއި، އަދި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އާރްޑީސީން ބުނެއެވެ. މަގު ކޮނެ ގައުތައް އެކިގޮތްތަށް އަތުރާފައި އޮތުމާއެކު ހިނގާބިނގާވެ އުޅޭ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 120ށްވުރެ ގިނަ މަގު (18 ކިލޯމީޓަރު) ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. 2020ވަނަ އަހަރު ފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް 2023ވަނަ އަހަރުގެ ކުރިން އެއްކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ ފަށާފައިވަނީ މާފަންނު ހުޅަނގު ސަރަހައްދުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު