Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަލީ ވަޙީދުގެ ޝަރީޢަތް

ޢަލީ ވަޙީދުގެ ޝަރީޢަތް: އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދަން ނިންމި ނިންމުން އިސްތިއުނާފު ކުރަނީ

22 ޖޫން 2021 | އަންގާރަ 12:17

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ޖޫން 2021 | އަންގާރަ 12:17
ޢަލީ ވަޙީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރ

ޢަލީ ވަޙީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރ

ޢަލީ ވަޙީދުގެ ޝަރީޢަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފިއެެވެ.

ޕީޖީ އޮފީހުން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮވިޑުގެ ހާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތެއް އޮންނަ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ހާލަތަކަށް، ޢަލީ ވަޙީދުގެ ހާލަތު ނުފެތޭތީ، މިޝަރީޢަތް މިގޮތަށް ހިންގޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އެހެންކަމުން އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށާއި، އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމުމާބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، ޕީޖީ އޮފީހަށް ފޮނުވުމުން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާގުޅޭ އަޑުއެހުމެއް 21 ޖޫން 2021ގައި ކްރިމިނަލް ކޯޓުގައިވަނީ ބާއްވާފައެެވެ.

އެ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިޢުތިރާޟްކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީއަތާ ވަނީ ސުވާލު ކުރިމަތިކުރުވާފައެެވެ.

ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

އެހެންކަމުން މިއީ ޖިނާއީ އިޖުރާއާތުގެ ގާނޫނު ދަންނަ ކަމެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން ވަނީ އިއުތިރާޒުކޮށްފައެެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، ޝަރީއަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ހިއްސާ ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މިކަމުގައި ޝަރީއަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ހިއްސާކޮށްދިނުމަށް އެދުނުނަމަވެސް ކޯޓުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ގާޒީ ޙަސަން ސަޢީދު ވިދާޅުވި ކަމަށާއި، ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސް ޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ޕީޖީ އޮފީހުން ނުދެކޭކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން އެ ލަފާވެސް ލިޔުމުން ހިއްސާކޮށްދިނުމަށް އެދުނު ކަމަށާއި، ނަމަވެސް އަދިވެސް އެލިޔުން ޕީޖީ އޮފީހަށް ލިބިފައިވާ ނުވާކަމަށެވެ.

މި ޝަރީއަތް ކުރިއަށްގެންދެވޭނެކަމަށް ޤާޟީ ޙަސަން ސަޢީދު ނިންމެވުމާއެކު، މައްސަލައިގެ "އިބްތިދާއީ އަޑުއެހުން" ކުރިއަށްގެންދެވުނެވެ. މި މައްސަލައާ ގުޅިގެން 09 ފެބްރުވަރީ 2021 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅަންހުރި ހުށަހެޅުންތައް ހުށަހަޅާފައިވީނަމަވެސް 21 ޖޫން 2021 ދުވަހުގެ އަޑުއެހުމާ ހަމައަށްވެސް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވާ ކަމަށް ޕީޖީން ބުނެއެވެ.

އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ޢަލީ ވަޙީދުގެ ފަރާތުން އެދިފައިވެއެވެ.

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް، ޝަރީޢަތުން ދީފައިވާ މުއްދަތު ފާއިތުވިތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން 10 ޖޫން 2021 ދުވަހު ހުށަހެޅުން ކޯޓަށް ފޮނުވާފައިވާކަމަށް ޢަލީ ވަޙީދުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް، 10 ޖޫން 2021 ދުވަހު ހުށަހެޅިކަމަށް ބުނި ހުށަހެޅުންވެސް ލިބިފައިނުވާކަމަށް ޤާޟީ ޙަސަން ސަޢީދު ޝަރީޢަތުގައި ވިދާޅުވިއެވެ.

ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުސަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޢަލީ ވަޙީދުއަށް ލިބިދިން މި ފުރުސަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މި ފުރުސަތު އިތުރަށް ލިބިނުދެވޭނެތީ، ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުސަތު ދިނުމަށް ދައުލަތުން އިޢުތިރާޟްކުރިއެެވެ. އެހެންނަމަވެސް ޢަލީ ވަޙީދުއަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު 05 ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ޤާޟީ ނިންމަވާފައިވެއެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީ އޮފީހާ ހިއްސާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެލިޔުންތައް ހިއްސާކޮށްފައިނުވާ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށް އެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ހިއްސާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް، ޤާޟީ ޙަސަން ސަޢީދު އެ އޮފީހާ ހިއްސާކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް