Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ13 އަހަރު ކުއްޖާގެ މަރު

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

ފުލުހުން ފޮށި ނެގީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ހާޒިރުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ޖޫން 2021 | އަންގާރަ 08:07
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

އާދީއްތަ ދުވަހު ހަވީރު ދެ މީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގެ މީހުން ދިރިނޫޅޭ ސަރަހައްދުގައި އުޅުނު ކަމަށް މަންޒަރު ދުށް މީހަކު ބުނެފިއެެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އެ މީހާ ބުނީ، އާދީއްތަ ދުވަހުގެ ހަވީރު 5:00 - 5:30ހާ ދޭތެރޭގައި ފޮށްޓެއް ހިފައިގެން ދެ މީހަކު މީހުން ނޫޅޭ ސަރަހައްދަށް ދިޔަ މަންޒަރު ފެނުނު ކަމަށެވެ. އެ މީހާ ބުނީ އެ ދެ މީހުން ފޭބީ ކާރަކުން ކަމަށާއި، ފޮށި ހިފައިގެން މީހުން ނޫޅޭ ސަރަހައްދަށް ވަދެގެން ދިޔަ ކަމަށެވެ. އެމީހުން ފޮށި ދަމާފައި ދިޔައިރު، ބަރުއެއްޗެއް ހުރިކަން އެނގޭ ކަމަށް އެ މީހާ ކިޔައިދިނެވެ.

ތަންކޮޅަކަށް ދިޔުމަށްފަހު އަތިރި މައްޗަށް ފޭބީކަަމަށާއި، އެހާ ހިސާބުން ދެން ވީގޮތެއް ނޭގޭކަމަށެވެ.

ހޯމަ ދުވަހުގެރޭ ދަންވަރު ފުލުހުން އެ ފޮށި މޫދުން ނެގީވެސް އެ ދެމީހުން އެތަނަށް ގެނެސްގެން ކަމަށް އެމީހާ ކިޔައިދިނެވެ. ފޮށި އޮތީ އޮޔާ ނުދާނެހެން އައްސާފައިކަމަށް ވެސް އެމީހާ ކިޔައި ދިނެވެ.

ރަހީނުކޮށްގެން މަރާލާފައި އޮއްވައި ފެނުނު ކުއްޖަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އެހެންނަމަވެސް އެކުއްޖާ ކުޑައިރުއްސުރެ ދިރިއުޅެމުން އަންނަނީ މާލޭގައެެވެ.

ރަހީނުކޮށްގެން އުޅުނު ކުއްޖަކު މަރާލާފައި އޮއްވައި ހުޅުމާލެ ދެވަނަ ފޭސްގެ މޫދުން ފެނުނީ ހޯމަ ދުވަހުގެ ރެއެވެ. އެކުއްޖާ ފެނުނީ ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައެވެ.

އެކުއްޖާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް އިތުރު ތަހުލީލުތައް ގެންދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ގެންދަނީ އަދިވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު