Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ފިންލެންޑާއި ބެލްޖިއަމުގެ ކުރިމަތިލުން

21 ޖޫން 2021 | ހޯމަ 10:53

މެޗުން މޮޅުވެ ފިންލެންޑަށް ދެވަނަ ބުރުގެ ޖާގައެއް ހޯދޭނޭ

އަތޫފް އާތިފް
އަތޫފް އާތިފް | 21 ޖޫން 2021 | ހޯމަ 10:53
ފިންލެންޑް މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ފިންލެންޑް މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ހޯމަ ދުވަހުގެރޭ ފިންލެންޑާއި ބެލްޖިއަމް ބައްދަލުކުރާއިރު، ބެލްޖިއަމް ވަނީ މީގެ ކުރިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައި ކުޅޭ މެޗަށް ދެ ޓީމުން ތައްޔާރުވެފައިވާއިރު، މި މެޗު ބެލްޖިއަމަށް މުހިންމު ވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކު ދެވަނަ ބުރަށް ދިޔުމަށެވެ. އަނެއްކޮޅުން ފިންލެންޑަށް މި މެޗު މުހިންމު ވަނީ މެޗުން މޮޅުވެ އެ ޓީމަށް މުޅިން އަލަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮތުމުންނެވެ.

ކޮންމެ ޓީމަކުންވެސް މިހާތަނަށް ޔޫރޯގައި ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުން ބެލްޖިއަމް ވަނީ ރަޝިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުން ޑެންމާކް އަތުން ބެލްޖިއަމް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ޑެންމާކް އަތުން 1-0 ގެ ނަތީޖާއަކުން ފިންލެންޑް މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ރަޝިއާ އަތުން ފިންލެންޑް ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި ގްރޫޕަށް ބަލާލާއިރު ކުޅުނު ދެ މެޗު ކާމިޔާބުކޮށް އެއްވަނައިގައި އޮތް ބެލްޖިއަމުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާ އާއި ތިންވަނައިގައި އޮތް ފިންލެންޑަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ޑެންމާކަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށެވެ.

ފިންލެންޑް މެޗުގެ ކުރިން ވާހަކަދައްކަމުން ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ފިންލެންޑުން މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ހާއްސަކޮށް ކައުންޓަ އެޓޭކުތަކުގައި ފިންލެންޑުން ތަފާތު ދައްކަމުން އަންނަ ކަމަށެވެ. އެހެންކަމުން ފިންލެންޑަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، މި މެޗު ފަސޭހަ ކޮށްލައިފިނަމަ ލަނޑު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

ފިންލެންޑްގެ ކޯޗު މާކިން ކެނޭވާ ބުނީ މި މެޗަށް ފިންލެންޑުން ނުކުންނަނީ ތާރީޚު ބަދަލުކޮށް، މުޅިން އަލަށް ދެވަނަ ބުރު ކުޅުމުގެ އަޒުމުގައި ކަމަށެވެ. އަދި މި މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގަ އެއް ހޯދުމަށް އޭނާގެ ޓީމުން ތައްޔާރަށް އޮތް ކަމަށާއި، އެކަމަކު ބެލްޖިއަމަކީ މި ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އެހެންކަމުން އެ ޓީމު ބަލިކުރަން އުނދަގޫވާނެ ކަމަށްވެސް ކެނޭވާ ބުންޏެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ބީ ގެ އެނަލިސްޓް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން ސޮބާހު މުޙައްމަދު (ސޮބާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފިންލެންޑާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް