Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީއަށް އަނދުން ހުސެއިން ހަމަޖެއްސުން

241 ކޮމިޓީއަށް އަނެއްކާވެސް އަނދުން ހުސައިން

21 ޖޫން 2021 | ހޯމަ 07:10

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި މެންބަރު ހުސައިން ޝަހީމް ހަމަޖައްސާފައިވާ ކަމަށް ރިޔާސަތުން ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖޫން 2021 | ހޯމަ 07:10
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް އަނެއްކާވެސް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ ކޮމިޓީއަށް ބަދަލެއް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި މެންބަރު ހުސައިން ޝަހީމް ހަމަޖައްސާފައިވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. ދާދިފަހުން މެންބަރު އިމްތިޔާޒު ފަހުމީ 241 ކޮމިޓީއަށް ހަމަޖައްސާފައިވަނީ މެންބަރު ހުސެއިން ޝަހީމްގެ ބަދަލުގައެވެ.

Advertisement - newsAdvertisement

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ.

މީގެ އިތުރުން އެ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ބިލުތައް ދިރާސާކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުން ވެސް ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އިދާރާތަކާ ބައްދަލުކޮށް އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި ސުވާލުކޮށް އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި އެ އިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށައެޅުމެވެ. އަދި ގައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
28 މާރިޗު 2017

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން
26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް