Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ޔޫކްރޭނާއި އޮސްޓްރިއާގެ ކުރިމަތިލުން

21 ޖޫން 2021 | ހޯމަ 10:30

ޔޫކްރޭނާއި އޮސްޓްރިއާއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 ޖޫން 2021 | ހޯމަ 10:30
އޮސްޓްރިއާ މެޗުގެ ކުރިން ޔޫކްރޭނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

އޮސްޓްރިއާ މެޗުގެ ކުރިން ޔޫކްރޭނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ސީ ގައި ޔޫކްރޭނާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ހޯމަ ދުވަހުގެރޭ ކުޅޭއިރު، މި މެޗަކީ މި ދެޓީމަށްވެސް މަރުގެ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

ޔޫރޯގައި މި ދެ ޓީމުން މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، ޔޫކްރޭން ވަނީ ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުން ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މީގެ އިތުރުން ކުޅުނު ފުރަތަމަ މެޗުން އޮސްޓްރިއާއިން ވަނީ ނޯތު މެސެޑޯނިއާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ނަމަވެސް ދެވަނަ މެޗުގައި ނެދަލެންޑްސް އަތުން ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިހާރު ގްރޫޕް ތާވަލު އޮތް ގޮތުން ނެދަލެންޑްސް އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔޫކްރޭނާއި ތިންވަނައިގައި އޮތް އޮސްޓްރިއާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ނޯތު މެސެޑޯނިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށެވެ.

އޮސްޓްރިއާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔޫކްރޭނުގެ ކޯޗު އެންޑްރީ ޝެވްޗެންކޯ ބުނީ މި މެޗަކީ މި މުބާރާތުގައި އޭނާގެ ޓީމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު ކަމަށެވެ. އަދި އޮސްޓްރިއާއަކީ މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި، އެގޮތުން ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާއަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް މެޗާ ކުރިމަތިލާއިރު ޔޫކްރޭން ޓީމުގެ ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާ ބުނީ މި މެޗުން މޮޅުވާން ބޭނުންވާ ކަމަށާއި، ނަމަވެސް ޔޫކްރޭނަކީ ސަމާލުވާން ޖެހޭ ޓީމެއް ކަމަށެވެ. އަދި ހާއްސަކޮށް ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ޔޫކްރޭނުން މިހާރު ކުޅެމުން އަންނަ ކުޅުމަކީ މޮޅުވާން އުނދަގޫ ކުޅުމެއް ކަމަށާއި، އެކަމަކު ކޮންމެ ޓީމެއްގައިވެސް ބަލި ފައިތަކެއް ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެކަންކަން ދެނެގަނެވިފައިވާ ކަމަށާއި، އެހެންކަމުން މި މެޗުގައި އޭގެ ނަތީޖާ ފެނިގެންދާނެ ކަމަށްވެސް ފޯޑާ ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ސީ ގެ އެނަލިސްޓް އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ނިމާދު (ނިމާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޔޫކްރޭނާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް