Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިލެތްދޫ މޮނިޓަރިން އުވާލުން

ބިލެތްދޫގެ މޮނިޓަރިންގ އުވާލައި، ރަށް އާންމު ޙާލަތަށް

މިހާރު ބިލެއްދޫގެ ކޮވިޑް-19 ގެ ކޭސްތައް ވަނީ ކޮންޓްރޯލް ކުރެވިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2021 | އާދީއްތަ 20:25
ފ ބިލެތްދޫ- މޮނިޓަރިންގ އުވާލުމާއެކު މިސްކިތްތަކުގައި ނަމާދު ކުރެވޭގޮތަށް ވަނީ ހުއްދަ ދީފައި

ފ ބިލެތްދޫ- މޮނިޓަރިންގ އުވާލުމާއެކު މިސްކިތްތަކުގައި ނަމާދު ކުރެވޭގޮތަށް ވަނީ ހުއްދަ ދީފައި

ފ ބިލެއްދޫގެ މޮނިޓަރިންގ ގެ ޙާލަތު އުވާލާފައިވުމާއެކު، އެ ރަށުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދީފިއެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ބިލެއްދޫ މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އޭރު ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ގިނަ ފިޔަވަޅުތަކެއް އަޅައި، ކަމާބެހޭ އިދާރާތަކުން ގުޅިގެން ވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށްފައެވެ.

Advertisement - newsAdvertisement

މިހާރު ބިލެއްދޫގެ ކޮވިޑް-19 ގެ ކޭސްތައް ކޮންޓްރޯލް ކުރެވިފައިވާއިރު، 20 ޖޫން ގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށުގެ މޮނިޓަރިން ޙާލަތު އުވާލާފައެވެ.

މޮނިޓަރިންގ ގެ ޙާލަތު އުވާލުމާއެކު އެރަށު ކައުންސިލުން ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން މިސްކިތްތަކުގައި ނަމާދު ކުރަން ފެށުމާއި، ގައިދުރުކަމާއެކު ކަސްރަތު ކުރުމަށް ނުކުމެ އުޅުމުގެ ހުއްދަ ދިނުމުގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ވަދު އެޅުމާއި ފަރުމަސްވެރިކަން ކުރުމަށް ދިއުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށަކަށް ދަތުރުކުރާނަމަ ދަތުރު ކުރާ ރަށާއި، ދާ މީހުންގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު