Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގު

އެމްއެންޑީއެފްގެ ވެރިން ދެވަނަ ފަހަރަށް 241 ކޮމިޓީގެ ތަހުގީގަށް ހާޒިރުކޮށްފި

20 ޖޫން 2021 | އާދީއްތަ 14:03

ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވެސް ހާޒިރުކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖޫން 2021 | އާދީއްތަ 14:03
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު 241 ކޮމެޓީއަށް ހާޒިރު ކުރުން

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު 241 ކޮމެޓީއަށް ހާޒިރު ކުރުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ދެވަނަ ފަހަރަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ދާދި ފަހުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސް ވަނީ ހާޒިރު ކޮށްފައެވެ. އިންކުއަރީއަށް ރައީސް ނަޝީދުގެ 'ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް'ގެ މެމްބަރުން ވެސް ވަނީ ހާޒިރުކޮށްފައެވެ. އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކިޔުރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" ގެ ބައެއް ބޭފުޅުންނާއި ހަށިފާރަވެރިންވެސް ވަނީ އިންކުއަރީ އަށް ހާޒިރުކޮށްފައެވެ.

އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުން އިންކުއަރީއަށް ހާޒިރުކުރުމަށް މަޖިލީހުން ހުށަހެޅުމުން އެމްއެންޑީއެފުން ވަނީ އެންމެ ފުރަތަމަ އެކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށާއި ޖަވާބުދާރީ ވާނީ މުއައްްސަސާއިން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ސިފައިންގެ ތެރެއިން ވަކިވަކި އޮފިސަރުން ވަނީ އިންކުއަރީއަށް ހާޒިރުވާން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ހުރިހާ މުއައްސަސާއެއްގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށާއި، އިންކުއަރީއަށް ހާޒިރުވުމަށް އަންގަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް ހާޒިރުވަމުން އަންނަކަމަށެވެ.

މިގޮތުން މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްވެސް ވަނީ އިންކުއަރީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މިމަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލައި، އިންކުއަރީ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް