Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ އައު ރައީސް އިބްރާހިމް ރައީސީ

އީރާނުގެ އައު ރައީސް އިބްރާހިމް ރައީސީއަކީ ކޮން ބޭފުޅެއް؟

ގައުމުގެ ރައީސްކަމަށް އެ ވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާފައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 06:00
އީރާނުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިބްރާހިމް ރައީސީ ވަނީ ހުކުރު ދުވަހު ކާމިޔާބު ކުރައްވާފައި

އީރާނުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިބްރާހިމް ރައީސީ ވަނީ ހުކުރު ދުވަހު ކާމިޔާބު ކުރައްވާފައި

އީރާނުގެ އުއްތަމަފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އުމުރުފުޅުން 60 އަހަރުވީ ސައްޔިދު އިބްރާހިމް ރައީސުއްސާދާތީ ނުވަތަ އާއްމު ނަންފުޅުން ނަމަ އިބްރާހިމް ރައީސީ ވަނީ ހުކުރުދުވަހު އެ ގައުމުގައި ބޭއްވުނު ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފައެވެ.

ވޯޓުގެ ފަސްދޮޅަސް އިންސައްތަ އޭނާ ވަނީ ހޯއްދަވައިފައެވެ. މިއަހަރުގެ އޮގަސްޓު މަހު ގައުމުގެ ރިޔާސަތާ އޭނާ ހަވާލުވެވަޑައިގަންނަވާނެއެވެ. މިހާރު ހުންނެވި ރައީސް ހަސަން ރޫހާނީގެ ރިޔާސަތުގެ ދެވަނަ ދައުރު ނިމި ވެރިކަމުން ވަކިވެވަޑައިގަންނަވާނީ އޮގަސްޓުމަހުއެވެ.

އީރާނުގެ އުއްތަމަފަނޑިޔާރުގެ މަގާމަށް އިބްރާހިމް ރައީސީ ވަޑައިގެންނެވިތާވެސް އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ ގަރާރަކުން އުއްތަމަފަނޑިޔާރަކަށް ރައީސީ އައްޔަން ކުރެއްވީ 2019 ވަނަ އަހަރުއެވެ. އެހެންވީމާ ރައީސީގެ މި ކުރިއެރުމަކީ ވަރަށްވެސް ހަލުވި ވަރަށްވެސް އަވަސް ކުރިއެރުމެކެވެ.

އޭނާގެ ވަނަވަރަށް ބަލައިފައި ވަރަށް ގިނަ ބަޔަކު ތިބީ ކަންބޮޑުވެފައެވެ. ބުނެވޭގޮތުން މާހަރުކަށި ބޭފުޅަކީއެވެ. އެއީ މިދޭތެރެޔަކުން ރައީސްކަން ކުރެއްވި މަހުމޫދު އަހުމަދީނިޖާދަށްވުރެވެސް ހަރުކަށި ކަމަށް އަރައި ހުންނެވި ބޭފުޅެކެވެ.

ރިޔާސީ އިންތިޚާބުގެ މާކުރިންވެސް އިބްރާހިމް ރައީސީ ވެފައިވަނީ ވަރަށް ގިނަ ބަޔަކު އޭނާގެ ހަރުކަށިކަމާއިމެދު ވާހަކަ ދައްކަމުން އައި ބޭފުޅަކަށެވެ. އެމެރިކާއިން ވަނީ މީގެ ތިން އަހަރު ކުރިން އޭނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ދުނިޔޭގެ ކޯޓަށް އޭނާ ހާޒިރުކުރުމަށްވެސް އިއްޔެ ގޮވާލާފައެވެ.

މިހުރިހާ ކަމެއްގެ އަސްލަކީ އީރާނުގެ ސަރުކާރާ ދެކޮޅުހަދާ މީހުން ހައްޔަރު ކުރުމާއި ސަރިޔަތް ހިންގުމާއި ހުކުމް ތަންފީޒު ކުރުމުގައި ރައީސީގެ ދައުރެވެ. އެހެންވީމާ ރައީސްކަމަށް ވަޑައިގެންފައި ދެން ކަންތައް ހިންގަވާނެ މަގަކާމެދު އުދާސްތަކެއް އުފެދެނީއެވެ.

ކިތަންމެ ބޮޑު އަގުލަބިއްޔަތަކުން މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވި ނަމަވެސް އިންތިޚާބުގެ ސައްހަ ކަމާމެދު ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފައެވެ. އީރާނުގެ އެތެރެއާއި ބޭރުގައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވޯޓުލާކަށް ނުނިކުމެއެވެ. އެމީހުން ތިބީ އިންތިޚާބު ބައިކޯޓުކޮށްގެންނެވެ.

އެއީ އިބްރާހިމް ރައީސީއަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ރޫހީ ލީޑަރުން ފެށިގެން ސަރުކާރުގެ އެންމެހައި މުއައްސަސާތަކުން ވެސް އަމަލުކޮށްފައިވާ ގޮތާމެދު ނުރުހިގެންނެވެ. ބުނެވޭ ގޮތުގައި ރައީސީއަށް ސީރިއަސް ޗެލެންޖެއް ކުރިމަތި ކުރެވިދާނޭ ކަމަށް ފެންނަ ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ޑިސްކޮލިފައި ކޮށްފައެވެ. ރޫހީ ލީޑަރު ޚާމަނާއީގެ މާއަރިސް ބޭފުޅަކަށްވުމާއެކު ބުނެވޭ ގޮތުން ޚާމަނާއީއަށް ފަހު ރޫހީ ލީޑަރު ކަމަށްވެސް ވަޑައިގަތުން އެންމެ ގާތް ބޭފުޅަކީ ރައީސީއެވެ.

ރައީސީއަކީ އީރާނުގެ އަދުލުއިންސާފުގެ ދާއިރާގެ ތެރެއިން ތަމްރީނުވެވަޑައިގެން އެ ދާއިރާގެ ތެރޭގައި ތަފާތު މަގާމުތައް އަދާކުރެއްވުމަށްފަހު މިހިސާބަށް ވަޑައިގެންނެވި ބޭފުޅެކެވެ. ސަރަހައްދީ ފެންވަރުގެ ޝަރުއީ ނާއިބުކަމުން ފެށިގެން ގައުމީ ފެންވަރުގައިވެސް ނާއިބުކަން ކުރެއްވިއެވެ. އީރާނުގެ ނުފޫޒުގަދަ ދީނީ ޚައިރާތު ޖަމާއަތެއް ކަމަށްވާ އަސްތާން ގުދުސް ރަޒާވީގެ ވެރިއަކަށްވެސް ތިން އަހަރު ހުންނެވިއެވެ.

އީރާނުގައި 2017 ވަނަ އަހަރު ބޭއްވުނު ރިއާސީ އިންތިޚާބުގައިވެސް ރައީސް ހަސަން ރޫހާނީއާ އޭނާ ވާދަ ކުރެެއްވިއެވެ. އެހެންނަމަވެސް އެފަހަރު ނާކާމިޔާބުވީއެވެ. ރިޔާސަތުގެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވީ ރައީސް ރޫހާނީއެވެ.

އިބްރާހިމް ރައީސީގެ މައްޗަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގެއް ހިންގައި ދުނިޔޭގެ ކޯޓުގައި ސަރިޔަތެއް ހިންގުމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ގޮވާލާފައިވަނީ ކީއްވެގެން ބާވައެވެ. އޭގެ ސަބަބަކީ އީރާނުގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރާ މީހުންނާއި ސަރުކާރަށް ބިރެއް ކަމަށް ފެންނަ މީހުންނަށް ކޯޓުތަކުގެ ތެރެއިންނާއި ކޯޓުން ބޭރުގައި އިއްވާފައިވާ ހުކުމްތަކާއި މަރުގެ އަދަބެވެ. މީގެ ތިރީހަކަށް އަހަރު ކުރިންވެސް މިގޮތަށް އެތައް ބަޔަކަށް މަރުގެ އަދަބު ދީފައިވެއެވެ. އަދި 2009 ވަނަ އަހަރުގެ ރިއާސީ އިންތިޚާބަށްފަހު އުފެދުނު ގަޑުބަޑުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު ވަރަށް ގިނަބަޔަކާމެދު ވެސް ހަމަމިގޮތަށް އަމަލު ކުރެވިފައިވެއެވެ.

އީރާނުގެ ސަރުކާރު ވައްޓާލައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ބިދޭސީންނަށް އެކިވަރުވަރުގެ ހުކުމް އިއްވުމުގައި ވެސް އެންމެ ބޮޑީ އިބްރާހިމް ރައީސީގެ ދައުރުކަމަށް ބުނެވެއެވެ. ހުޅަނގުގެ ދުރުމީތަކަށް އެހާބޮޑަށް އޭނާ އަރާފައިވަނީ މިހެންވެގެންނެވެ.

ހަރުކަށި ސިޔާސަތުގެ ބޭފުޅުންގެ ތެރެއިންވެސް ހަރުކަށި ކަމަށް މަޝްހޫރު ބޭފުޅަކު އީރާނުގެ ރިޔާސަތަށް އިންތިޚާބު މިކުރެވުނީ ވަރަށް ނާޒުކް ދަނޑިވަޅެއްގައެވެ. އީރާނުގެ ނިއުކުލިއަރ އެއްބަސްވުން އަލުން އިއާދަކޮށް އެއަށް އަމަލުކުރުމާމެދު މަޝްވަރާތައް ފެށިފައިވާ ދަނޑިވަޅެއްގައެވެ. މި އެއްބަސްވުން އިއާދަ ނުކުރެވިއްޖެނަމަ ހަނގުރާމައެއްގެ ބިރުވެރިކަން އަލުން ފެތުރިގެން ދިއުމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި މުއާހަދާއާމެދު އީރާނުގެ އައު ރައީސް ގެންގުޅުއްވާނެ ސިޔާސަތަކަށް ދުނިޔެ އިންތިޒާރު ކުރަމުން އައި ދަނޑިވަޅެއްގައެވެ.

އީރާނުގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ރައީސަކީ ގައުމުގެ އެންމެ އިސްވެރިޔާއެއް ނޫނެވެ. އިސްވެރިޔަކީ ރޫހީ ލީޑަރެވެ. ރައީސަކީ ދެވަނަޔަށް އެންމެ ބާރުގަދަ ލީޑަރެވެ. އެހެންވީމާ ރައީސަށް މިކަންކަން ކާމިޔާބު ކުރުމާއި ނާކާމިޔާބުކޮށްލުމުގެ ބާރު ކޮންމެވެސް މިންވަރަކަށް ލިބިގެންވެއެވެ.

ރިޔާސަތުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައި އޮގަސްޓް މަހު ވެރިކަމުން ފައިބާވަޑައިގަންނަވާ ހަސަން ރޫހާނީއަކީ އީރާނުގެ ނިސްބަތުން ވެސް ވަރަށް މަޑުމައިތިރި ސިޔާސަތެއްގެ ވެރިއެކެވެ. އެކަމަކު އޭނާގެ ވެރިކަމުގެ ބޮޑު ބައެއްގައި އެމެރިކާގެ ރިޔާސަތުގައި ހުންނެވީ ހުރިހާ ކަމެއްގައި އީރާނާ ދެކޮޅު ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕު ވަނީ ނިއުކުލިއަރ އެއްބަސްވުމުން ވެސް އެމެރިކާ ވަކިކޮށް އީރާނާ ދެކޮޅު ފިޔަވަޅުތައް އިތުރުކޮށް ވަރުގަދަ ކުރައްވައިފައެވެ.

މިކަން މިހެން ވެފައިވަނިކޮށް ޖޯ ބައިޑެން އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވުމުން ނިއުކުލިއަރ އެއްބަސްވުމަށް އަލުން ދިރުން ގެނެވިދާނެ ކަމުގެ އުއްމީދު އައުވިއެވެ. މި އުއްމީދަށް ހަގީގީ ސިފަ ނައިސްގެން އުޅެނިކޮށް އީރާނުގެ ރިޔާސަތަށް އެވަޑައިގަތީ އިބްރާހިމް ރައީސީއެވެ. އެހެންވީމާ ދެން މަންޒަރު ފުރޮޅިގެން ހިނގައިދާނޭގޮތް ވިސްނާލަންވެސް އުނދަގޫވެ ދުނިޔެ އޮންނަން މިޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު