Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު މައްސަލަ

ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދޭނަމަ ގާނޫނުގެ ބޭނުން ކުރާނެ ކަމަށް އެޗްއާރްސީއެމުން ބުނެފި

20 ޖޫން 2021 | އާދީއްތަ 06:30

މައުލޫމާތު ނުލިބޭތީ މައްސަލަ ނިންމުމުގައި ގޮންޖެހުންތަކެއް ހުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 ޖޫން 2021 | އާދީއްތަ 06:30
ފަލަ ސުރުޚީ ޕްރޮގްރާމްގައި އެޗްއާރްސީއެމްގެ މެމްބަރުން ވާހަކަދައްކަވަނީ

ފަލަ ސުރުޚީ ޕްރޮގްރާމްގައި އެޗްއާރްސީއެމްގެ މެމްބަރުން ވާހަކަދައްކަވަނީ

ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދޭނަމަ ގާނޫނުގެ ބޭނުން ކުރާނެ ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން, ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ހޯދަން އެދުނު މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައި ނުވާތީ އެ މައުލޫމާތު ހޯދުމަށް އެ ކޮމިޝަނުން ޑިފެންސް މިނިސްޓްރީއާ ބައްދަލު ކުރާނެ ކޮމިޝަނަރ މޫމިނާ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ މޫމިނާ ވަހީދު ވިދާޅުވީ، އެ މައްސަލައިގައި މައުލޫމާތު ހޯދަން އެދުނު މުއައްސަސާތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ކޮމިޝަނަށް ދީފައި ނުވާ ކަމަށެވެ. މިކަމާ ގުޅިގެން މި ހަފްތާގައި ކޮމިޝަނުން މިނިސްޓްރީއާ ބައްދަލުކުރާނެ ކަމަށާއި، އެގޮތަށް ވެސް މައުލޫމާތު ނުލިބިއްޖެނަމަ ކޮމިޝަނަށް ލިބިގެންވާ ގާނޫނުގެ ބޭނުން ކުރާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ.

މޫމިނާ ވިދާޅުވީ، ކޮމިޝަނުން ބަލާ މައްސަލަތަކުގައި ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުން ފޯރުކޮށްނުދޭނަމަ ކޯޓު މެދުވެރިކޮށް ވެސް އެ މައުލޫމާތު ހޯދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، ހުރިހާ މައްސަލައެއްގައި އެ މަރުހާލާތަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލަމުން އަންނަ ކަމަށް ކޮމިޝަނުންވަނީ ބުނެފައެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސްއަށް ލިޔުމުން ހުށަހަޅާފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި މިހާތަނަށް، ޑިފެންސް މިނިސްޓްރީ ފިޔަވައި އެހެނިހެން މުއައްސަސާތަކުން، ކޮމިޝަނުން އެދިފައިވާ މައުލޫމާތު، ހިއްސާކޮށްފައި ވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މޫމިނާ ވިދާޅުވީ، މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވަމުންދާކަމަށެވެ. މިއީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން މޫމިނާ ވިދާޅުވި، މިކަމުގެ ސަބަބުން ރައްޔިތުން އެ ކޮމިޝަނަށްކުރާ އިތުބާރު ގެއްލޭ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް