Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޝްކަގެ މަރުގެ މައްސަލަ

މިޝްކާ ނިޔާވި މައްސަލައިގެ ރިޕޯޓް ހެލްތުގައި އެދިގެން ނުލިބޭ، މަރުގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފިން - އެޗްއާރުސީއެމް

މިޝްކާގެ މަރުގެ މައްސަލައިގައި ފުރަތަމަ ހެދި ރިވިއު ރިޕޯޓާއި ފަހުން ހެދި ޑީޓެއިލް ރިޕޯޓް ވެސް ހޯދަން އެދުމުން ދީފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 02:42
ފާތިމަތު މިޝްކާ މުހައްމަދު - ހެލްތް މިނިސްޓްރީން ހެދި ރިޕޯޓު ހިއްސާކުރުމަށް އެދިފައިވީނަމަވެސް އެޗްއާރުސީއެމަށް އެ ރިޕޯޓް ދީފައެއް ނުވޭ

ފާތިމަތު މިޝްކާ މުހައްމަދު - ހެލްތް މިނިސްޓްރީން ހެދި ރިޕޯޓު ހިއްސާކުރުމަށް އެދިފައިވީނަމަވެސް އެޗްއާރުސީއެމަށް އެ ރިޕޯޓް ދީފައެއް ނުވޭ

ފަރުވާ ލަސްވެގެން ނިޔާވި 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ހެލްތް މިނިސްޓްރީން ތައްޔާރު ކުރި އެއްވެސް ރިޕޯޓެއް އެދިގެން ވެސް ހިއްސާކޮށްފައި ނުވާ ކަމަށާއި، އައިޖީއެމްއެޗުން ހޯދަން އެދުނު އިތުރު މައުލޫމާތު ވެސް ނުލިބޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ކޮމިޝަނަރ މޫމިނާ ވަހީދު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށެވެ. މޫމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން ފުރަތަމަ ތައްޔާރުކުރި ރިވިއު ރިޕޯޓް ވެސް ރަސްމީކޮށް ކޮމިޝަނާ ހިއްސާކޮށްފައި ނުވާ ކަމަށާއި، ފަހުން ތައްޔާރު ކުރި ޑީޓެއިލް ރިޕޯޓް ވެސް ލިބިފައި ނުވާ ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ރިޕޯޓް ހޯދުމަށް އެޗްއާރުސީއެމްގެ ފަރާތުން ލިޔުމުން އެދިފައި ވާނެ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ހެލްތް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ރިޕޯޓުގެ ވާހަކަ ފާހަގަކުރެއްވުމުން، ހެލްތް މިނިސްޓަރ އަހުމަދު ނަސީމް، އެ ރިޕޯޓް ކޮމިޝަނަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ހެލްތް މިނިސްޓްރީން ރިޕޯޓް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ މޫމިނާ ވިދާޅުވީ އައިޖީއެމްއެޗުން މި މައްސަލައިގެ ރިވިއު ރިޕޯޓެއް އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި ނުހިމެނޭ ބައެއް އެހެން މައުލޫމާތުތައް ހޯދުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ. އައިޖީެމްއެޗްގެ ރިވިއު ރިޕޯޓް 13 ޖޫންގައި ލިބުނު ފަހުން އިތުރު މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ މައުލޫމާތު ވެސް އައިޖީއެމްއެޗްއިން އަދިވެސް ނުދޭ ކަމަށާއި، މައުލޫމާތު ހޯދަން އަވަސްކުރަން ސިޓީ ފޮނުވާފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ. މީގެ އިތުރުން އެހެން އިދާރާތަކުގެ ތެރެއިން ޕޮލިހުން މި މައްސަލަ ތަހުގީގު ކުރަމުންދޭތޯ ބެލުމަށް އެދުމުން ފުލުހުން ވިދާޅުވީ، އޭރު ތަހުގީގު ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން 14 ޖޫންގައި ފުލުހުންގެ އިދާރާގައި މި މައްސަލައިގެ ތަހުގީގެއް ކޮށްދިނުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ. އަދި އެކަންކަން ގާތުން ބަލަމުންދާނެކަމަށް ވެސް ކޮމިޝަނަރ މޫމިނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަފްސީލު ކޮމިޝަނަށް ލިބިފައި ނުވި ނަމަވެސް ކޮމިޝަނުން އަންނަނީ މި މައްސަލަ ގާތުން ބަލަމުންނެވެ. އަދި މިޝްކާގެ އާއިލާއަށް ދޭންޖެހޭ ސޯޝަލް ސައިކޯ ސަޕޯޓް ދިނުމަށް ޖެންޑަރ މިނިސްޓްރީއާ އެކު މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމަށް އެމްބިޔުލަންސް އެކްޓިވޭޓްކޮށްފައިވަނީ އެމްބިޔުލަންސް ފޮނުވުމަށް ކުއްޖާގެ ބެލެނިވެރިޔާ އެތައް ފަހަރަކު ކޯލް ސެންޓަރަށް ގުޅައިގެން ވެސް އެމްބިޔުލަންސް ނައިސްގެން ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަ ފަހަުން ކަމަށް އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ހަދާފައިވާ ރިވިއު ރިޕޯޓުގައި ބުނެފައިވެއެވެ.

އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެއެވެ. ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި އެއްވެސް ކާއެއްޗެއް ނުކެވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މި މައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅައި ޓިކެޓް ރެއިސްކޮށް މި މައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06 ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މި މައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅައި ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15 ގައި މި މައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލްގެ މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06 ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތު ދިނެވެ. މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12 ގައި މި މައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމާއި އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި ހިކި ކެއްސުމުގައި ދެ ދުވަސް އަދި ހަ ދުވަސްދެން ހުން އަންނަކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަން ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ. ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39 ގައެވެ. އަދި އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށް ވެސް މި މައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލަންސް މިޝްކާ ބެލުމަށް ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މި ކޯލްތަކުގައި ކުއްޖާ ބަލައި އެމްބިއުލަންސް ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިޔުލަންސް އޭރުވެސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މިހާދިސާ އާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޕޯޓްގައި ބުނެފައިވަނީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެމްބިޔުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ކަމަށެވެ. އަދި އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށެވެ.

މިޝްކާ ނިޔާވެފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގެ 12:10 ހާއިރުއެވެ. މިޝްކާ ނިޔާވުމާ ގުޅިގެން ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި އެކަން ބަލަމުންދާކަމަށެވެ. އަދި އެކަމާ ގުޅޭ ރިޕޯޓް ބުދަ ދުވަހުގެ ރޭ ލިބިވަޑައިގަންނަވާނެކަަމަށާއި ބުރާސްފަތި ދުވަހު ރިޕޯޓް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިޕޯޓް އާންމުކޮށްފައިވަނީ ޖެހިގެން އައި ހުކުރު ދުވަހުގެ ރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު