Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ކޮވިޑް ފެތުރުން

ޑިސެމްބަރ 2019ން ފެށިގެން އެމެރިކާގައި ކޮވިޑް ފެތުރެމުން ދިޔަކަމުގެ ހެކިތަކެއް!

އެމެރިކާގެ 5 ސްޓޭޓަކުން ކޮވިޑްގެ ކޭސްތަކެއް މާކުރިން ފެނިފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖޫން 2021 | ހޮނިހިރު 22:24
އެމެރިކާ - ކޭސްތައް ރިޕޯޓްކުރުމުގެ މާކުރިން ވައިރަސް ފެތުރިފައިވޭ

އެމެރިކާ - ކޭސްތައް ރިޕޯޓްކުރުމުގެ މާކުރިން ވައިރަސް ފެތުރިފައިވޭ

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާގައި މަޑުމަޑުން ކޮވިޑް ފެތުރެމުން ދިޔަކަމުގެ ހެކިތައް ދިރާސާކުރާ ފަރާތްތަކުން ހޯދައިފިއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައިވަނީ އެމެރިކާގެ 5 ސްޓޭޓަކުން ކޮވިޑްގެ ކޭސްތައް ރަސްމީކޮށް ފެނިގެން ރިޕޯޓް ކުރުމުގެ މާ ކުރިން ވެސް އެ ސްޓޭޓްތަކުގައި ކޮވިޑް ފެތުރެމުން ދިޔަކަމުގެ ހެކިތައް މިހާރު ހޯދިފައިވާ ކަމަށެވެ. މި ސްޓޭޓްތަކުގެ ތެރޭގައި އިލިނޮއި، ވިސްކޮންސިން، ޕެންސިލްވޭނިއާ، މިސިސިޕީ އަދި މެސެޗޫސެޓްސް ހިމެނެއެވެ. މި ހެކިތައް ހޯދިފައިވަނީ ކޮވިޑްގެ ކޭސްތައް ފެނުމުގެ ކުރިން އެ ސްޓޭޓްތަކުގައި ދިރިއުޅުމެން ދިޔަ މީހުންގެ ގައިން ނަގާފައިވާ ލޭގެ ސާމްޕަލްތަކުންނެވެ.

އެންއައިއެޗްގައި މަސައްކަތް ކުރާ ވޮލެންޓިއަރުން ވަނީ މި ދިރާސާއަށް 1 މިލިއަން މީހުންގެ ލޭގެ ސާމްޕަލް ދިރާސާކޮށްފައެވެ. އަދި މީގެ ތެރެއިން 2020 ވަނަ އަހަރު ނަގާފައިވާ 24،000ށް ވުރެ ގިނަ މީހުންގެ ސާމްޕަލްތަކުގެ ތެރެއިން 9 މީހެއްގެ ލެއިން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީޒް ފެނިފައިވެއެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އިލިނޮއި އިން ނަގާފައިވާ ސާމްޕަލްތަކާއި، މެސެޗޫސެޓްސް އިން ޖެނުއަރީ 8 ގައި ނަގާފައިވާ ސާމްޕަލްތަކާއި، ވިސްކޮންސިން އިން ފެބްރުއަރީ 3 ގައި އަދި ޕެސިލްވޭނިއާއިން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އަދި މިސިސިޕީން މާޗް 6 ގައި ނަގާފައިވާ ސާމްޕަލްތައް ހިމެނެއެވެ. އިލިނޮއިގައި ފުރަތަމަ ކޮވިޑްގެ ކޭސް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ވުހާނުން އަނބުރާ އައި މީހެކެވެ.

ކޮވިޑް ޖެހޭ ފަހުން ހަށިގަނޑުގައި އެންޓިބޮޑީސް އުފެދެން ފެށެނީ 3 ހަފުތާ ފަހުން ކަމަށާއި، އެހެންކަމުން މި މީހުންނަށް ކޮވިޑް ޖެހިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް ދިރާސާ ކުރާ ޓީމުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި

31 ޑިސެމްބަރު 2017
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
01 ނޮވެމްބަރު 2017

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި

01 ނޮވެމްބަރު 2017
ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި
03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު