Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމްސްޓޭ ޓުއަރިޒަމް

ހޯމްސްޓޭ ޓުއަރިޒަމް ތައާރަފުކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން: ގޭމް

19 ޖޫން 2021 | ހޮނިހިރު 18:30

ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖޫން 2021 | ހޮނިހިރު 18:30
ކ. މާފުށި

ކ. މާފުށި

ހޯމްސްޓޭ ޓުއަރިޒަމް ތައާރަފުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ގެސްޓް ހައުސް އެސޯޝިއޭޝަން އޮފް ދަ މޯލްޑިވްސް (ގޭމް)އިން ބުނެފިއެވެ.

ގޭމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޯމްސްޓޭ ޓުއަރިޒަމްއަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓުއަރިޒަމެއް ކަމުގައިވާއިރު، ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތައާރަފު ކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭ ކަމަށެވެ. ނަމަވެސް، ހޯމްސްޓޭ ތައާރަފުކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން ނުހަނު މުހިއްމުކަމަށް ބުނެ ވަނީ ސުވާލު އުފައްދާފައެވެ.

Advertisement - newsAdvertisement

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑު-19ގެ ސަބަބުން ޓުއަރިސްޓުން އައުން މަދުވެ، މުޅި ޓުއަރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސް، މި ސިނާއަތައް ބޮޑެތި އިންވެސްޓްތައްކޮށް ޚިދުމަތްދެމުންދާ ރިސޯޓްތަކާއި، ލިވަބޯރޑްތަކާއި އަދި ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އާމްދަނީ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ މަސައްކަތްތެރިންގެ ވަޒީފާގެ ކަށަވަރުކަން ދަމަހައްޓާދިނުމާއި، ގެސްޓްހައުސްތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގައި ބެލެހެއްޓުން މިވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ގޭމްއިން ބުންޏެވެ.

މިހާލަތަކީ ރާއްޖޭގައި އުފެދިފައިވާ ގެސްޓްހައުސްތަކާއި އަދި ސީދާ ނުވަތަ ނުސީދާ ގޮތުން ގުޅިފައިވާ ކުދި ވިޔަފާރިތައް ކޮޅަށްޖެހުމަށް ނުހަނު ގިނަ މަސައްކަތާއި އެހީތެރިކަން ނިހާޔަތައް ބޭނުންވެފައިވާ ވަގުތެކެވެ. މީގެ އިތުރުން، މި ސިނާއަތުގައި މަސައްކަތްކުރާ އެތައް ދިވެހިންގެ ވަޒީފާ ގެއްލިގެންދާއިރު، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، މާލީގޮތުންނާ ނަފްސާނީގޮތުން އެފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ނިކަމެތިކަން ކުރިމަތިކުރުވާނެ ކަމެއް ކަމަށާއި،. ގެސްޓްހައުސް ސިނާއަތުގެ ބޮޑުބައެއް ބިނާކޮށްފައިވަނީ ބޭންކް ފައިނޭންސްއިން ބޭނުންކޮށްގެންކަމަށް ވީއިރު، އެފަރާތްތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމަކީ، ބޭންކްތަކަށް އޭގެ ސަބަބުން ތަކްލީފާއި ގެއްލުން ތަހައްމަލްކުރަންޖެހޭނެ ކަމަކަށްވީރު، އެފަރާތްތަކުން މިސިނާއަތަށް ކުރާ އިތުރުބާރު ގެއްލި ގެސްޓްހައުސްތަކުގެ ތަރައްގީއަށް ހުރަސްއެޅުމުގެ ފުރުސަތު ހުޅުވިގެންދާނެކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެއްގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭގޮތަށް ގެތައް އިމާރާތްކުރެވިފައިވާ ރާއްޖޭގައި، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތަކުގެ އިތުރުން، މިހާރު ރާއްޖެ މިއޮތް ހާލަތުގައި ހޯމްސްޓޭ އިން ފަތުރުވެރިންނާއި އެ ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ސެކިއުރިޓީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު އެ އެސޯސިއޭޝަން އިން ނުހަނު ކަންބޮޑުވާ ކަމަށާއި، މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލައި ހައްލު ހޯދައިދެވޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރުނުވެވެނީސް، އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި، އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފުވެގެން ގޮސްފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ޒަމާނުއްސުރެއް ބުރަ މަސައްކަތުން ލިބިފައިވާ ރީތިނަން ހުތުރުވެ، ރައްކާތެރިނޫން ތަނެއްގެ ގޮތުގައި ރާއްޖެ ފާހަގަވެ، ފެންވަރުދަށް ޓުއަރިޒަމްއެއް އޮތް ގައުމަކަށް ރާއްޖެ ބަދަލުވެގެންދާތަން ފެނުމަކީ ޓޫރިޒަމް ސިނާއަތުގައި ދާއޮހުރުވައިގެން މަސައްކަތް ކުރާ އެއްވެސް ފަރާތެއް ތަޖުރިބާކުރަން ބޭނުންވާނެ ކަމެއްނޫ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19ގެ ކާރިސާއިން މިންޖުވެވި، އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ސެގްމަންޓްތަކަކަށް ކުރިއެރުމާއި ވާދަކުރުމުގައި ހަމަހަމަފުރުސަތެއް ލިބެވޭނެފަދަ ހާލަތަކަށް ދުނިޔެއާއި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު ބަދަލުވެގެން ދާންދެން، މިވަގުތު އުފެދިފައިވާ މިވާ ފުޅާ ގެސްޓްހައުސް ވިޔަފާރި އާއި އެޔާ ގުޅުންހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެންއޮތް އެންމެހާ މަސައްކަތެއް ކޮށްދެއްވުމަކީ މިސިނާއަތް ނަގަހައްޓައި ދެމެހެއްޓުމަށް މިވަގުތަށް ކުރެއްވޭނެ އެންމެ އިސް އަދި މުހިއްމުކަންތައް ކަމަށް ގޭމް އިން ބުނެފައި ވެއެވެ.

އަދި ގެސްޓްހައުސްތައް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ދުނިޔޭގައި އިޝްތިހާރު ކުރެވިފައިނުވުމަކީ އެ ސިނާއަތަށް ހަމަ އަގު ހޯދުމަށް ދަތިވެ، ގަބޫލުކުރެވޭ މިންވަރަށް އޮކިއުޕެންސީ ދެމެހެއްޓުމަށް ނުކުޅެދިފައިވާ ހާލަތު ބަޔާންކޮށްދޭ ހަގީގަތެއް ކަމަށް މި ބަޔާނުގައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް