Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ހަންގޭރީން ދުނިޔޭގެ ޗެމްޕިއަނުން ހިފަހައްޓައިފި

19 ޖޫން 2021 | ހޮނިހިރު 15:41

ފްރާންސަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖޫން 2021 | ހޮނިހިރު 15:41
ހަންގޭރީ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ހަންގޭރީ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައި ހަންގޭރީ އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފްރާންސްއިން ވަނީ ހަންގޭރީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ކަރީމް ބެންޒަމާ އަދި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާތައް ހަންގޭރީގެ ގޯލްކީޕަރު ޕީޓާ ގުލާޗީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނުއިރު، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ބެންޒަމާއަށްވެސް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ފްރާންސަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަންގޭރީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޓީލާ ފިއޮލާއެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސްއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައިވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީޒްމަންއެވެ.

މި ނަތީޖާއާއެކު ފްރާންސަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް އެއް މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި ހަންގޭރީން އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ގްރޫޕްގެ ފުލުގައި އޮތް ޖަރުމަނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

20 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
03 އެޕްރީލު 2017

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
05 މާރިޗު 2017

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

05 މާރިޗު 2017
ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް