Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގު

241 ކޮމިޓީގެ ތަހުގީގަށް ހޯމް މިނިސްޓަރ އިމްރާން ހާޒިރުކޮށްފި

19 ޖޫން 2021 | ހޮނިހިރު 07:18

ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ޖޫން 2021 | ހޮނިހިރު 07:18
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ހާޒިރު ކޮށް ސުވާލު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންވެސް ހިމެނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބުރާސްފަތި ދުވަހު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހީމް އަހުމަދު ނާސިރު ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އިންކުއަރީއަށް ރައީސް ނަޝީދުގެ 'ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް'ގެ މެމްބަރުން ވެސް ވަނީ ހާޒިރުކޮށްފައެވެ. އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކިޔުރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" ގެ ބައެއް ބޭފުޅުންނާއި ހަށިފާރަވެރިންވެސް ވަނީ އިންކުއަރީ އަށް ހާޒިރުކޮށްފައެވެ.

އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުން އިންކުއަރީއަށް ހާޒިރުކުރުމަށް މަޖިލީހުން ހުށަހެޅުމުން އެމްއެންޑީއެފުން ވަނީ އެންމެ ފުރަތަމަ އެކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށާއި ޖަވާބުދާރީ ވާނީ މުއައްްސަސާއިން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ސިފައިންގެ ތެރެއިން ވަކިވަކި އޮފިސަރުން ވަނީ އިންކުއަރީއަށް ހާޒިރުވާން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ހުރިހާ މުއައްސަސާއެއްގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އިންކުއަރީއަށް ހާޒިރުވާން އަންގަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް ހާޒިރުވަމުން އަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.

ސިފައިންގެ ވެރިންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ވެރިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގެ ކޮމާންޑަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި، ފުލުހުންގެ އިންޓެލިޖެންސްގެ އޮފިސަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްވެސް ވަނީ އިންކުއަރީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތަނުގައި އެހެން ވަޒީރުންވެސް ހާޒިރުކުރަމުން ގެންދާނެކަމަށެވެ.

ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މިމަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލައި، އިންކުއަރީ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް