Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ސްޕެއިނާއި ޕޮލެންޑުގެ ކުރިމަތިލުން

19 ޖޫން 2021 | ހޮނިހިރު 09:08

ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން ޕޮލެންޑް ވަނީ ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖޫން 2021 | ހޮނިހިރު 09:08
ޕޮލެންޑް މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޕޮލެންޑް މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ހޮނިހިރު ދުވަހުގެ ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރާނެއެވެ. މި މެޗަކީ މި ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. ސްޕެއިނުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ސްވިޑެންއާ އެއްވަރުވެފައިވާއިރު، ސްލޮވާކިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށްފައެވެ.

ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރާ މެޗު ސެވިލްގެ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައި ކުޅޭއިރު، މި މެޗަށް ދެ ޓީމުވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.

ޕޮލެންޑް މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗުގެ ޕްރެޝަރު އޮތީ ހަމައެކަނި ސްޕެއިނަށް ނޫން ކަމަށާއި، މި މެޗުގެ ޕްރެޝަރު ދެ ޓީމަށްވެސް އެބައޮތް ކަމަށެވެ. އަދި ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށާއި، މިދިޔަ މެޗުގައި ސްޕެއިންގެ ފަރާތުން ހަމައެކަނި މަދުވި ކަމަކީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗުގެ ކުރިން ޕޮލެންޑުގެ ކޯޗު ޕައުލޯ ސީޒާ ބުނީ ކުޅުންތެރިންގެ ފެންވަރުން ބަލާނަމަ ސްޕެއިން ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަމަކު ސްޕެއިނަކީ ބަލި ނުކުރެވޭނެ ވަރުގެ ޓީމެއް ނޫން ކަމަށެވެ. އަދި މި މެޗަކީ ޕޮލެންޑަށް މޮޅުވުން ނޫން ގޮތެއް ނެތް މެޗެއް ކަމަށާއި، އެގޮތުން މެޗުން ޕޮއިންޓެއް ލިބުނަސް އަދި ބަލިވިޔަސް ޕޮލެންޑަށް މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އީ ގެ އެނަލިސްޓް އިމާދު ލަތީފެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އެނަލިސްޓް ޓީމުގައި ހިމެނޭ މުޙައްމަދު ޝިޔާޒް (މޯހަން) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް