Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ޕޯޗުގަލާއި ޖަރުމަނުގެ ކުރިމަތިލުން

ޕޯޗުގަލް ވަނީ ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖޫން 2021 | ހޮނިހިރު 08:57
ޕޯޗުގަލް މެޗުގެ ކުރިން ޖަރުމަނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޕޯޗުގަލް މެޗުގެ ކުރިން ޖަރުމަނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައި ހޮނިހިރު ދުވަހު ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވެގެންދާނެ އެއް މެޗަކީ ޖަރުމަނާއި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލުގެ ކުރިމަތިލުމެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު 1-0 ގެ ނަތީޖާއަކުން ޖަރުމަން ވަނީ ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ ޖަރުމަނަށް މޮޅުވާން މަޖުބޫރު މެޗެކެވެ. އަނެއްކޮޅުން ޕޯޗުގަލުން ވަނީ ހަންގޭރީ 3-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ޕޯޗުގަލާއި ޖަރުމަން ބައްދަލުކުރާއިރު، ޖަރުމަނަށް މި މެޗުގައި ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އަމިއްލަ ގައުމުގެ އެލިއާންޒް އެރީނާގައި މެޗު ކުޅުމެވެ.

ޕޯޗުގަލް މެޗުގެ ކުރިން ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯ ބުނީ މި މެޗަކީ ޖަރުމަނަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށާއި، އެގޮތުން މެޗުން މޮޅުވާން އެ ޓީމަށް މަޖުބޫރު ކަމަށެވެ. އަދި ޕޯޗުގަލަކީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބަރޯސާވާ ޓީމެއް ކަމަށް ސިފަކުރެވުނު ނަމަވެސް، ހަގީގަތަކީ އެ ޓީމަކީ ހަމައެކަނި ރޮނާލްޑޯއަށް ބުރަވެގެން ކުޅޭ ޓީމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން ޕޯޗުގަލުގެ ކުރީގައި ތިބި ކުޅުންތެރިންނަކީ ކޮންމެ މިނެޓަކުވެސް މެޗު އަނބުރާލެވޭނެ ހުނަރު ހުރި ކުޅުންތެރިންތަކެއް ކަމަށްވެސް ލޯ ވަނީ ބުނެފައެވެ.

ޖަރުމަން މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޖަރުމަނު ދެކެ ބިރު ނުގަންނަ ކަމަށެވެ. އަދި ޖަރުމަނުގެ ސްކޮޑާއި ޕޯޗުގަލުގެ ސްކޮޑުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

ސަންޓޯސް އިތުރަށް ބުނީ މި މެޗަށް ނުކުންނައިރު ޖަރުމަނަށް އޮތް ފައިދާ ބޮޑު ކަމަށާއި، ސަބަބަކީ މެޗު ކުޅޭނީ ޖަރުމަނުގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށްވާތީއެވެ. އައެހެންކަމުން މި މެޗަށް ޕޯޗުގަލުން ނުކުންނާނީ އުނދަގޫ މެޗެއްކަން ދަނެގެން، ތިން ޕޮއިންޓް ހޯދުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އެފް ގެ އެނަލިސްޓް މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝާކިރު (ޝާކިއްޓޭ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕޯޗުގަލާއި ޖަރުމަން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު