Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ

ހަމަލާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ޑިފެންސް ފިޔަވައި އެހެން ހުރިހާ މުއައްސަސާއަކުން ހިއްސާކޮށްފި – އެޗްއާރްސީއެމް

ހަމަލާ ދިން ރޭ އެޗްއާރްސީއެމްގެ މެންބަރެއް ހިމެނޭ ގޮތަށް ޚާއްސަ ޓީމެއް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޖޫން 2021 | ހޮނިހިރު 05:39
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާއެކު ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާއެކު ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން, ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ހޯދަން އެދުނު މައުލޫމާތު ޑިފެންސް މިނިސްޓްރީ ފިޔަވާ އެހެން ހުރިހާ މުއައްސަސާއަކުން ހިއްސާކޮށްފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމުން މިހެން ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި، 6މެއި ކޮމިޓީގެ މައުލޫމާތު ހާމަކުރައްވަމުން، ހަމަލާގެ މައްސަލައިގައި އެޗްއާރްސީއެމްއިން މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ދޭހަވާ މޭރުމަކުން އެ ކޮމިޓީގެ ޗެއަރ އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކައާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެޗްއާރްސީއެމުން ބުނީ 6 މެއި 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ނީލޯފަރު މަގުގައި ދެވުނު ނުރައްކާތެރި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭ 21:00 ހާއިރު އެ ކޮމިޝަނުގެ މެންބަރެއް ހިމެނޭ ގޮތަށް ޚާއްސަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރި ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގަމުން ދިޔަގޮތް އެރޭ 23:30 އާ ހަމައަށް އެ ކޮމިޝަނުން ބަލަމުން ދިޔަކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

ހަމައެއާއެކު، އެ އަނިޔާވެރި ހަމަލާއާ ގުޅިގެން އެކަން ކުށްވެރިކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި، އަދި ހަމަލާ ދިނުމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށާއި، މި ހާދިސާ މޮނިޓަރ ކުރަމުން ދާކަން ހާމަކޮށް ހާދިސާ ހިނގިރޭގެ 22:05 ގައި ޓްވީޓް ކޮށްފައި ވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި އެރޭ 23:23 ގައި ވެސް އިތުރު ޓްވީޓެއް ކޮށްފައި ވާކަމަށް އެކޮމިޝަނުން ބުނެއެވެ. އެޗްއާރްސީއެމުން ބުނީ، ހަމަލާއާ ގުޅޭ ނޫސް ބަޔާނެއް މެއި 7 ވަނަ ދުވަހު ޓްވިޓާގައި އާންމުކޮށްފައި ވާކަމަށެވެ. އެ ބަޔާނުގައި، ހަމަލާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރަމުން ދާގޮތް މޮނިޓާ ކުރަމުން ދާކަމަށް ބަޔާކޮށްފައި ވާކަން ވެސް އެޗްއާރްސީއެމުން ފާހަގަކުރެއެވެ.

މި މައްސަލައިގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި އެޗްއާރްސީއެމުން ބުނީ، ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލަމުން ދާކަމަށެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސް އަށް ލިޔުމުން ހުށަހަޅާފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.  އަދި މިހާތަނަށް، ޑިފެންސް މިނިސްޓްރީ ފިޔަވައި އެހެނިހެން މުއައްސަސާތަކުން، ކޮމިޝަނުން އެދިފައިވާ މައުލޫމާތު، ހިއްސާކޮށްފައި ވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދީފައިވާ ހަމާލާ ގުޅިގެން ޚާއްސަ ސަމާލުކަމެއް ދީގެން އެޗްއާރްސީއެމުން މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައި، އެއްވެސް ފަރާތަކުން ހަގީގަތާއި ޚިލާފު މައުލޫމާތު ފެތުރުމާމެދު އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު