Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނަށް ވެކްސިން ފޯރުކޮށްދިނުން

މުއްދަތު ހަމަވާން ކައިރިވެފައި ހުރި ވެކްސިން ދޭތީ އެއްބަސްވުން އުވާލައިފި

ފަލަސްތީނަށް ވެކްސިން ލިބިފައިވަނީ އިސްރާއީލް، ރަޝިޔާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ކޮވެކްސް ފެސިލިޓީގެ ދަށުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖޫން 2021 | ހޮނިހިރު 03:30
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިއަކު އުމުރުން ދުވަސްވީ ބަޔަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިއަކު އުމުރުން ދުވަސްވީ ބަޔަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ

އިސްރާއީލުން ފަލަސްތީނަށް ފޯރުކޮށްދޭ ފައިޒަރ ވެކްސިން އަކީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ކަމަށްވާތީ ވެކްސިން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ން ބުނެފިއެވެ.

އިސްރާއީލުން ފޯރުކޮށްދޭނެ ކަމަށް ބުނި މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ގެނައުމަށް ފަލަސްތީނުގެ އޮފިޝަލުން އެއްބަސްވުމާއި ގުޅިގެންވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ފަލަސްތީނުގެ ސަރުކާރުގެ އޮފިޝަލުންނަށް މީގެކުރިން އަމާޒުވެފައެވެ. އެއީ އެވެކްސިނުން ކުރާ އަސަރު ރަނގަޅުނުވެދާނެތީއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓަރ މިއާ އަލް ޚާއިލާ އާއެކު ޕީއޭގެ ތަރުޖަމާނު އިބްރާހީމް މަލްހަމް ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވެކްސިންގެ އެބެޗް ބަލާފައިވާކަމަށެވެ.

"އިސްރާއީލުން މިއަދު ފޯރުކޮށްދިން 90،000 ފައިޒަރ ވެކްސިންގެ ޑޯޒަކީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދީފައިވާ ޑޯޒްތަކެއް ނޫން. އެއްބަސްވުމުގައިވާ ކަންކަމާ ފޯރުކޮށްދީފައިވާ ޑޯޒްތަކާ ދިމާނުވޭ." ތަރުޖަމާނު ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ ހެލްތު މިނިސްޓްރީއަށް އިސްރާއީލާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް އިސްރާއީލުން ފޯރުކޮށްދިން ވެކްސިން އަނބުރާ އިސްރާއީލަށް ފޮނުވާލުމަށް އަންގަވާފައި ކަމަށް ތަރުޖަމާނުވިދާޅުވިއެވެ.

ހުކުރު ދުވަހު އިސްރާއީލުން ބުނެފައިވަނީ މުއްދަތު ހަމަވާން ކައިރިވެފައި ހުރި 1 މިލިއަން ޑޯޒް ޕީއޭ އަށް ދޭނެކަމަށެވެ. އެއީ މިއަހަރުގެ ފަހުކޮޅު ފަލަސްތީނަށް ލިބެންޖެހޭ ވެކްސިނާ އެއް އަދަދެއްގެ ވެކްސިނެވެ. ނަމަވެސް މިއަހަރުގެ ފަހުކޮޅު ފަލަސްތީނަށް ލިބުމަށް ހަމަޖެހިފައިވަނީ މުއްދަތު ހަމަވާން ކައިރިވެފައި ހުރި ވެކްސިނެއް ނޫނެވެ.

އިސްރާއީލުގެ ޑިފެންސާއި ހެލްތު މިނިސްޓްރީ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ޕީއޭއާއެކު ފައިޒަރ ވެކްސިންގެ 1 މިލިއަން ޑޯޒް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިވެކްސިން ޑޯޒްތަކަކީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ޑޯޒްތަކެއްކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ސެޕްޓެމްބަރ އާއި އޮކްޓޯބަރ މަސް ތެރޭގައި 1.4 މިލިއަން ޑޯޒް ފޯރުކޮށްދޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚެއް ބުނެފައެއްނުވެއެވެ. ނަމަވެސް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގައި ބިންތަކުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރިއްޔާގެ ފަރާތުން ހުކުރު ދުވަހު ބުނެފައިވަނީ އެއްލައްކަ ޑޯޒް ޕީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިޒަރ ވެކްސިން ގެންނަނީ ވެކްސިނޭޝަން ޕްރޮގްރާމް ހަލުވި ކުރުމުގެ ގޮތުން ކަމަށެވެ.ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާ ހަމަައަށް އައިސްފައިމިވަނީ އިސްރާއީލުން ފަލަސްތީނަށް ވެކްސިން ފޯރުކޮށްދިނުމަށް އެދި ގޮވާލާ ގޮވާލުންތައް އިތުރުވެފައިވަނިކޮށެވެ.

އިސްރާއީލަކީ އެންމެ އަވަހަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިންގެ ދެ ޑޯޒް ފޯރުކޮށްދިން ގައުމެވެ. އިސްރާއީލުން ވަނީ އާބާދީގެ 55 އިންސައްތައަށް ވެކްސިންގެ ދެޑޯޒް ދީފައެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ 4.5 މިލިއަން މީހުންނަށް ވެކްސިން ނުދޭތީއެވެ.

ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން އަންނަނީ އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަކީ އިސްރާއީލު ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ބުނަމުންނެވެ. ނަމަވެސް އިސްރާއީލުން ބުނަމުން އަންނަނީ 1990ގެ އަހަރުތަކުގައި ފަލަސްތީނާއެކު ހަދާފައިވާ ސުލްހަ ގާއިމުކުރުމުގެ އެއްބަސްވުންތަކުގައިވާ ގޮތުން އެގޮތަށް ކަންތައް ކުރަން ނުޖެހޭ ކަމަށެވެ.

ހުޅަނގު އައްސޭރިއާ އާއި ގާޒާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ 270،000 މީހުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އެ ދެ ސަރަހައްދުން ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 3545 މީހުން ވަނީ މަރުވެފައެވެ.

ހުޅަނގު އައްސޭރި އާއި ގާޒާގައި ދިރިއުޅޭ 5.2 މިލިއަން މީހުންގެ ތެރެއިން ވެކްސިން ޖަހަންޖެހޭ އާބާދީގެ 30 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ. ފަލަސްތީނަށް ވެކްސިން ލިބިފައިވަނީ އިސްރާއީލް، ރަޝިޔާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ކޮވެކްސް ފެސިލިޓީގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު