Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާއަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާނެކަމަށް ބެލެވެނީ އޮކްޓޯބަރު މަހު

މިހާރު އަރާފައިވާ ރާޅަށްވުރެ ރަނގަޅަށް ތިން ވަނަ ރާޅު ކޮންޓްރޯލްކުރެވޭނެ ކަމަށް ވެސް ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖޫން 2021 | ހޮނިހިރު 03:19
އިންޑިޔާގެ ޗެންނާއީގެ މަގެއްގެ މަތި

އިންޑިޔާގެ ޗެންނާއީގެ މަގެއްގެ މަތި

އިންޑިޔާއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާނެކަމަށް ބެލެވެނީ އޮކްޓޯބަރ މަހުގައި ކަމަށް ސިއްހީ މާހިރުންތަކެއް ބުނެފިއެވެ.

ސިއްހީ މާހިރުންގެ މެދުގައި ރޮއިޓަރސް އިން ކުރިޔަށް ގެންދިޔަ ޕޯލަކުން ހާމަވެފައިވާ ގޮތުގައި ތިން ވަނަ ރާޅު އެރިނަމަވެސް ދެވަނަ ރާޅަށްވުރެ ބޮޑަށް ކޮންޓްރޯލްވެގެންދާނެއެވެ. ނަމަވެސް ޕެންޑަމިކް އަދި އިތުރު އެއް އަހަރު ދެމި އޮންނާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް ކުރިމަތިވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ ސިއްހީ ދާއިރާގެ ސްޕެޝަލިސްޓުންނާއި، ޑޮކްޓަރުންނާއި، ސައިންޓިސްޓުން އަދި ވިރޮލޮޖިސްޓުންނާއި އެޕިޑެމޮލޮޖިސްޓުންނާއި ޕްރޮފެސަރުންގެ މައްޗަށް އެކުލެވޭ 40 މީހުންގެ މެދުގައި ވަނީ ޖޫން މަހުގެ 3ން 17ށް ސަރވޭއެއް ކުރިޔަށް ގެންގޮސްފައެވެ.

މި 40 މީހުންގެ ތެރެއިން 85 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައިވަނީ ތިން ވަނަ ރާޅު އަރާނެ ކަމަށް ބެލެވެނީ އޮކްޓޯބަރ މަހުކަމަށެވެ. މީގެތެރެއިން ތިން މީހަކު ބުނީ އޮގަސްޓް މަހުގެ ކުރީކޮޅު ތިން ވަނަ ރާޅު އަރާނެކަމަށް ބެލެވޭކަމަށެވެ. އަދި 12 މީހަކު ބުނީ ސެޕްޓެމްބަރ މަހު ތިން ވަނަ ރާޅެއް އިންޑިޔާއަށް އަރާނެކަމަށެވެ. ބާކީ ތިބި ތިން މީހުން ބުނީ ތިން ވަނަ ރާޅު އަރާނެކަމަށް ބެލެވެނީ ނޮވެމްބަރ މަހާއި އަންނަ އަހަރުގެ ފެބްރުއަރީ މަހާ ދެމެދުގައި ކަމަށެވެ.

އެހެންނަމަވެސް މާހިރުންގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނަ މީހުން ބުނީ މިހާރު އަރާފައިވާ ރާޅަށްވުރެ ރަނގަޅަށް ތިން ވަނަ ރާޅު ކޮންޓްރޯލްކުރެވޭނެ ކަމަށެވެ.

މިހާތަނަށް އައިއިރު އިންޑިޔާގައި ވެކްސިން ޖަހަންޖެހޭ އާބާދީކަމަށްވާ 950 މިލިއަން މީހުންގެ ތެރެއިން ދެ ޑޯޒް ޖެހިފައިވަނީ ގާތްގަނޑަކަށް 5 އިންސައްތަ މީހުންނަށެވެ. އެތައް މިލިއަން ބަޔަކަށް އަދިވެސް ވެކްސިން ދެވިފައިނުވާތީ ބަލި ފެތުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑެވެ.

އެހެންނަމަވެސް ސިއްހީ ގިނަ މާހިރުން ލަފާކުރާ ގޮތުގައި މިއަހަރު ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް މިހާރަށްވުރެ ބާރަށް ކުރިޔަށްދާން ފަށާނެއެވެ. އެއާއެކު ގިނަ ބަޔަކަށް ވެކްސިން ދެވެމުންދާނެއެވެ. އެހެންނަމަވެސް ބައެއް ސްޓޭޓްތަކުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވެސް ލުއިތައް ދީފައިވާތީ އެކަމުގެ ސަބަބުން ކޮވިޑް އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ތިން ވަނަ ރާޅުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އޮތީ ކިހާ ވަރެއްގެ ނުރައްކަލެއްތޯ ކުރެވުނު ސުވާލަށް 40 މީހުންގެ ތެރެއިން 26 މީހުން ބުނެފައިވަނީ އެއުމުރު ފުރައިގެ ކުދިންނަށް އޮތް ނުރައްކާ ބޮޑުވާނެކަމަށެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތް އެންޑް ނިޔުރޯސައިންސެސް ގެ އެޕިޑެމޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ ޕްރަދީޕް ބަނަދުރް ވިދާޅުވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ނުރައްކާ ބޮޑީ އެކުދިންނަށް ޖަހާނެ ވެކްސިނެއް ނެތުމުންކަމަށެވެ. އިންޑިޔާގައި އަދި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖަހާކަށް ނުފަށައެވެ.

އެހެންކަމުން މިކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެކަމަށް މާހިރުން ދެކެއެވެ. ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް އެއް ފަހަރާ ބަލިވެއްޖެނަމަ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށް މާހިރުން ދެކެއެވެ. އެއީ އެކަމަށް މާބޮޑު ތައްޔާރީތަކެއް ވެވިފައި ނެތުމުގެ ސަބަބުންނެވެ. ކުޑަކުދިންނަށް ޚާއްސަކޮށް ހުރި އައިސީޔޫ އެނދު މުޅި އިންޑިޔާގައިވެސް ނިސްބަތުން މަދުކަމަށް މާހިރުން ބުނެއެވެ.

ނަމަވެސް 14 މާހިރެއްގެ ޚިޔާލު މިއާ މުޅިން ތަފާތެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކުޑަކުދިންނަށް އެއްވެސް ނުރައްކަލެއް ނެތެވެ.

ނިމިގެންދިޔަ ހަފުތާގެ ކުރީކޮޅު ހެލްތު މިނިސްޓްރީގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ނަމަވެސް މިހާތަނަށް ހެދިފައި ހުރި ދިރާސާތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އަސަރު ކުޑަކަމަށެވެ.

ކުރިޔަށް އަންނަންހުރި ކޮވިޑް ވޭރިއަންޓްތަކަށް ވެކްސިންތައް މަސައްކަތް ކުރާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދިން 38 މީހުންގެ ތެރެއިން 25 މީހަކު ބުނީ ކޮވިޑްގެ ވޭރިއަންޓްތަކަށް މިހާރު އުފައްދާފައިހުރި ވެކްސިންތަކުގެ އަސަރު ރަަނގަޅަށް ކުރާނެކަމަށެވެ.

އަދި ކޮވިޑްގެ ނުރައްކާ އިންޑިޔާއަށް ކިހާ ދުވަހެއް ވަންދެން އޮންނާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދިން 41 މީހުންގެ ތެރެއިން 30 މީހުން ބުނީ އެންމެ މަދުވެގެންވެސް އަހަރެއް ވަންދެން އިންޑިޔާއަށް ކޮވިޑްގެ ނުރައްކާ އެބައޮތްކަމަށެވެ.

11 މާހިރުން ބުނީ ނުރައްކާ އޮންނާނީ އަހަރެއް ވަންދެންކަމަށެވެ. 15 މީހުން ބުނީ ދެ އަހަރަށް ދިގު ދެމިގެންދާނެ ކަމަށެވެ. އަދި 13 މީހަކު ބުނީ 2 އަހަރަށްވުރެ އިތުރުވާނެ ކަމަށެވެ. ދެ މީހަކު ބުނީ ނުރައްކާތެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށެވެ.

ގްލޯބަލް ވައިރަސް ނެޓްވޯރކްގެ އިންޓަރނޭޝަނަލް ސައިންޓިފިލް އެޑްވައިޒަރ އަދި އިންސްޓިޓިއުޓް އޮފް ހިޔުމަން ވިރޮލޮޖީގެ ޑިރެކްޓަރ ރޮބަރޓް ގާލޯ ވިދާޅުވީ ކޮވިޑް-19 އަކީ ވެކްސިނާއެކު ފޮހެލެވޭނެ ބައްޔެއްކަމަށެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާއިން ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދީގެން ހަރޑް އިމިޔުނިޓީ އަކާ ހިސާބަށް ދާނެކަމަށް ބެލެވޭ ކަމަށް ރޮބަރޓް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު