Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ ސެކްރެޓަރީ ޖެނެރަލް

ގުޓަރޭސް ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފި

18 ޖޫން 2021 | ހުކުރު 17:03

ސެކިއުރިޓީ ކައުންސިލުން ގުޓަރޭސްގެ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ނިންމީ ޖޫން މަހުގެ 8ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ޖޫން 2021 | ހުކުރު 17:03
އެންޓޯނިއޯ ގުޓަރޭސް- އދ ގެ ސެކްރެޓަރީ ޖެނެރަލް

އެންޓޯނިއޯ ގުޓަރޭސް- އދ ގެ ސެކްރެޓަރީ ޖެނެރަލް

5 އަހަރުގެ ދެވަނަ ދައުރަކަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިންތިޚާބު ކޮށްފިއެެވެ.

193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ ގެ އާއްމު މަޖިލީހުން ގުޓަރޭސް މި މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބު ކުރީ، އދ ގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އަގުލަބިއްޔަތުން އޭނާގެ ނަން ފާސްކުރުމަށްފަހު، ޖެނެރަލް އެސެމްބްލީއަށް އޭނާގެ ނަން ހުށަހެޅުމުންނެވެ. ސެކިއުރިޓީ ކައުންސިލުން ގުޓަރޭސްގެ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ނިންމީ ޖޫން މަހުގެ 8ވަނަ ދުވަހުއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އިންތިޚާބު ކުރަން ޖެހެނީ، ސެކިއުރިޓީ ކައުންސިލްގެ ލަފަޔާއެއްގޮތަށް، ޖެނެރަލް އެސެމްބްލީގައި ވޯޓު ނަގައިގެންނެވެ. ގުޓަރޭސްގެ ދެވަނަ ދައުރު ފެށޭނީ 1 ޖެނުއަރީ 2022ގައެވެ.

ގުޓަރޭސް ފުރަތަމަ މި މަގާމާ ހަވަލުވެވަޑައިގަތީ 1 ޖެނުއަރީ 2017ގައެވެ.

އެންޓޯނިއޯ ގުޓަރޭސްއަކީ ޕޯޗުގީޒްގެ ކުރީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން 2002 ވަނަ އަަހަރުގެ ނިޔަލަށެވެ. އަދި އެއަށްފަހު އޭނާވަނީ، 2005 އިން 2015 ވަނަ އަހަރާ ހަމައަށް ޔޫއެންގެ ރެފިއުޖީ އޭޖެންސީގެ ވެރިޔާގެ މަގާމްވެސް ފުރުއްވާފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް