Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮނަރަބަލް ޝާހިދުގެ ކާމިޔާބީ ވަޒަންކުރުން

ފާޑުކިޔަން ވާނީ ފާޑުކިޔެން ހުންނަ ކަންކަމަށެވެ.

އޮނަރަބަލް އަބްދުﷲ ޝާހިދު އެ ހޯއްދެވީ ހުރިހާ ދިވެހިންވެސް ފަޚުރުވެރިވާން ޖެހޭ މަގާމެއް

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 18 ޖޫން 2021 | ހުކުރު 17:48
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު

ބައެއް މީހުން ސުވާލު ކުރެއެވެ. އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖޭގެ ބޭފުޅަކަށް ލިބުމަކީ ރާއްޖެއަށް ކޮންގޮތަކުން ފައިދާކުރާނެ ކަމެއް ހެއްޔެވެ. އެއީ ޚަރަދުތަކެއް ކޮށްގެން ކެމްޕޭނުކޮށްގެން ވަގުތު ހޭދަކޮށްގެން ވަސީލަތްތައް ޚާއްސަކޮށްގެން މިކަހަލަ ދުވަސްވަރެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ހެއްޔެވެ.  

އަޅުގަޑުގެ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ. އެއީ ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް ފައިދާކުރާނެ ކަމެކެވެ. އެއީ ކޮންމެ ދުވަސްވަރަކަށް ވިޔަސް ރާއްޖޭގެ ހައިބަތާއި ގަދަރު ދުނިޔޭގެ ދަރުބާރުގައި މައްޗަށް ޖައްސައިލުމަށް ކުރުން ލާޒިމު ކަމެކެވެ. އެއީ ދުނިޔޭގެ އެންމެންވެސް އަންނަން ބޭނުންވާ މަގާމެކެވެ. ވާދަވެރިކަން ބޮޑު މަގާމެކެވެ. ދުނިޔޭގެ ސަފުތަކުގައި އެގައުމަކަށް އޮންނަ އިތުބާރާއި ގަދަރު އިމްތިހާނުވެގެންދާ ކަމެކެވެ. މި އިމްތިހާނުން އޮނަރަބަލް ޝާހިދާއި ދިވެހިރާއްޖެ ފާސްވުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ. އެއީ ބޮޑު ކާމިޔާބީއެކެވެ.

ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ދަރުބާރުގެ ރިޔާސަތު ލިބުމަކީ ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް ޚާރިޖީ އަދި ބައިނަލްއަގުވާމީ ގޮތުން ލިބުނު އެންމެ ފަޚުރުވެރި އަދި ޝަރަފުވެރި ކާމިޔާބީއެވެ. އެއީ ޝައްކެއްވެސް ނެތް ކަމެކެވެ. އެއީ ދުނިޔޭގެ ރިޔާސަތު ލިބުމެކެވެ. ކިތަންމެ ކުރު މުއްދަތަކަށް ވިޔަސްމެއެވެ. އެގޮތުން އޮނަރަބަލް އަބްދުﷲ ޝާހިދު ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވީ އެއްވެސް ޒަމާނެއްގައި މިރޮނގުން ދިވެހިރާއްޖެއަށް ލިބިފައިނުވާ ކަހަލަ ކާމިޔާބީއެކެވެ. އެއީ ކޮންމެ ދިވެއްސަކުވެސް އުފާކުރަންވީ ކަމެކެވެ. ލިބިގަންނާންވީ ފަޚުރެއްމެއެވެ.

ފާޑުކިޔުން ދޫކޮށްލާފައި ތައުރީފުކުރަން ޖެހެނީ އެހެންވެގެންނެވެ. މީގެ ހަތަރު އަހަރެއްހައި ދުވަސްކުރިން އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށްވެސް ރާއްޖެއިން ވާދަކުރިއެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރުމަށް ހިންގަންޖެހޭ ޑިޕްލޮމެޓިކް މަސައްކަތްތައް ތަރުތީބުކޮށް ތަންފީޒު ކުރެވޭނެ ހިކުމަތްތެރިޔަކު ނެތިގެން އެކަން ކާމިޔާބު ނުކުރެވުނީއެވެ. ކަންކަން ކުރަން އެނގުމާއި ނޭނގުމުގެ ތަފާތަކީ އެއީއެވެ. ފާޑު ކިޔަންވާނީ ފާޑުކިޔެން ހުންނަ ކަންކަމަށެވެ. ދިވެއްސަކު ދުނިޔޭގެ ފެންވަރުގެ މަގާމަކަށް އައުމަކީ ފާޑުކިޔާންވީ ކަމެއް ނޫނެވެ. ބަލަންވީ އޭނާއަކީ ކާކުކަމާއި މިފަދަ މަގާމަކަށް އާދެވުނު ގޮތެވެ. އެކަމުން ދެންތިބީން ލިބިގަންނަންވީ ފިލާވަޅުތަކަށެވެ.

އާއްމު މަޖިލީހުގެ ރިޔާސަތަށް އޮނަރަބަލް ޝާހިދު އިންތިޚާބު ކުރުމުގައި އެމަނިކުފާނުގެ ތަޖުރިބާއަށާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ކެރިކުޅަދާނަކަމަށް ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް ރިއާޔަތް ކުރިއެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ސިއްރަކީ އެއީއެވެ. ފަރުދާގެ ފުރަގަހުގައި ޗައިނާ އާއި ޕާކިސްތާނު ފަދަ ގައުމުތަކުން އޮނަރަބަލް ޝާހިދާއި ދިވެހިރާއްޖެއާ ދެކޮޅަށް ކުރި ކެމްޕޭނާއި އެ ކެމްޕޭނުން މޭވާ ފައިދާވިޔަ ނުދޭން އޮނަރަބަލް ޝާހިދު ނިއުޔޯކުގައި ހުންނަވައިގެން ހިންގެވި ކާމިޔާބު ޑިޕްލޮމަސީއަކީ ދުނިޔޭގެ ތާރީޚު ލިޔާ މީހުންނަށްވެސް ބަލާނުލައި އަލިއަޅުވާނުލައި ފަރުޖެއްސޭނޭ ވާހަކަތަކެއް ނޫނެވެ.

މިއަދުގެ ދިވެހި ޒުވާނުންނަށް އެއީ އަގުހުރި ނަމޫނާއެކެވެ. އޮނަރަބަލް ޝާހިދު ދިވެހި ޚާރިޖިއްޔާއާ ގުޅިވަޑައިގަތީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެތާގައި އެކިފެންވަރުގެ މަގާމުތައް އަދާކުރެއްވިއެވެ. ބައިނަލްއަގުވާމީ ޖަލްސާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވިއެވެ. ޚާއްސަކޮށް އދ.މަޖިލީހުގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. ޒުވާން އުމުރުފުޅުގައި މިފަދަ ގައުމީ ސިޔާސީ މަސައްކަތްޕުޅެއް އެފެންވަރުގައި ކުރެއްވުމަކީވެސް އޭގެ ޒާތުގައި ރިކޯޑެވެ. އާދައިގެ މަގާމަކުން ފެއްޓެވި ނަމަވެސް އެ ވުޒާރާގެ އެންމެ މަތީ ފަޑިއަށް ވަޑައިގެންނެވިއެވެ. ޚާރިޖިއްޔާގެ ދައުލަތުގެ ވަޒީރުކަން ކުރެއްވިއެވެ. މިހާރު އެ އަދާކުރައްވަނީ ދެވަނަ ފަހަރަށް ޚާރިޖީވަޒީރު ކަމުގެ މަގާމެވެ. ރާއްޖޭގެ ހައިބަތާއި ދަރަޖަ ކުރިއެރުވުމުގެ ގައުމީ މުހިންމު މަސްއޫލިއްޔަތުގެ ވަޒީރުކަމެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީކަން 1995ން 2005ށް ކުރެއްވިއެވެ. މި 10 އަހަރުގައި އެންމެ ބުރަކޮށް ހީވާގިކަމާއި މުރާލިކަމާއި ހިންގުންތެރިކަމާއެކު  މަސައްކަތުގައި ޝާމިލުވެވަޑައިގަތުމުގައި ނަމޫނާ ދެއްކެވިއެވެ. ރައްޔިތުންގެ މަޖިލީހުގަަައި 1995ން 2018ށް 23 އަހަރު މެންބަރުކަން ކުރެއްވިއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީސް ވެސް ހިމެނޭ ގޮތުންނެވެ. ޒަމާނީ ޑިމޮކްރަސީއަކަށް އަލިވިލި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއން މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމުގެ ޝަރަފު ހާސިލުކުރެއްވީވެސް އޮނަރަބަލް ޝާހިދެވެ. މަޖިލީހުގެ އެންމެ އިލްމީ އަދި ތަޖުރިބާކާރު މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވިއެވެ. ދައުލަތުގެ ތިންބާރުގެ އިސްސަފުގައި  ތަމްސީލުވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގަތެެވެ. ދިވެހިރާއްޖޭގެ 2 ރައީސުން ރިޔާސަތާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޮނަރަބަލް  ޝާހިދުގެ އިންތިޒާމީ ރިޔާސަތުގެ ދަށުންނެވެ. ސިޔާސީގޮތުން ކަންކަން ނިންމަވަން އެނގިވަޑައިގަތުމާއި މަޝްވަރާކުރައްވައިގެން ކަންކަން ހަމަޖައްސަވަން އެނގިވަޑައިގަތުމުގައި އެއީ މާހިރެކެވެ. ފުރިހަމަ ޑިޕްލޮމޭޓެކެވެ.

ބައިނަލްއަގުވާމީ ދުނިޔޭގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ދެއްވި ތާރީޚީ ފުރަތަމަ ތަގުރީރުގައި ހަމްދު ވިދާޅުވެ ސަލަވާތް ވިދާޅުވެ ފަޚުރުވެރި ދިވެހި ބަހުން ދެއްކެވި ވާހަކަފުޅަކީ މިކަމުގެ މިސާލެކެވެ. އޮނަރަބަލް ޝާހިދަކީ ގައުމީ ބަތަލެކެވެ. އެހެންވީމާ މިއީ ފާޑުކިޔައި ސިޔާސީ ދެކޮޅުވެރިކަމުގެ އަސަރުތައް ކުރިއަށް ނެރުމުގެ ވަގުތެއް ނޫނެވެ. މިއީ ދިވެއްސެއްގެ ގޮތުގައި ކަންކަން ގަބޫލުކޮށް ހެޔޮބަސް ބުނުމުގެ ވަގުތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

09 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު