Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - އިންގްލެންޑާއި ސްކޮޓްލެންޑުގެ ކުރިމަތިލުން

18 ޖޫން 2021 | ހުކުރު 10:30

ސްކޮޓްލެންޑް ވަނީ ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖޫން 2021 | ހުކުރު 10:30
ސްކޮޓްލެންޑް މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްކޮޓްލެންޑް މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރާއިރު، މިއީ 25 އަހަރަށްފަހު މި ދެ ޓީމު އިންގްލެންޑުގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި މެޗު ބެލުމަށް ވެމްބްލީ ސްޓޭޑިއަމަށް 22،500 ސަޕޯޓަރުން ވައްދަން ވަނީ ހަމަޖެހިފައެވެ. އެއީ ދަނޑުގެ 25 އިންސައްތައެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ބޮޑު މުބާރާތެއްގައި ބައްދަލުކޮށްފައިވަނީ 1996 ވަނަ އަހަރުގެ ޔޫރޯގައެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލެންޑުންނެވެ.

ހުކުރު ދުވަހުގެރޭގެ މެޗަށް ނުކުންނައިރު އިންގްލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމެވެ. އަނެއްކޮޅުން ސްކޮޓްލެންޑުން ވަނީ ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި މެޗުގެ ކުރިން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓު ބުނީ މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުން އެއީ އިންގްލެންޑުގެ އަމާޒު ކަމަށެވެ. އަދި މާޒީއަށް ބަލައިގެން އިންގްލެންޑަށް މިހާރު ތިބެވެން ނެތް ކަމަށާއި، އެގޮތުން މާޒީގައި ސްކޮޓްލެންޑުގައި އޮތް ޓީމަށްވުރެ މި ވަގުތު ސްކޮޓްލެންޑުގައި އޮތް ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ވަނީ ބުނެފައެވެ.

ސްކޮޓްލެންޑުގެ ކޯޗު ގްރެގޯ ޓައުންޒެންޑް ބުނީ މި މެޗަކީ މި މުބާރާތުގައި ސްކޮޓްލެންޑުން ކުރިމަތިލާނެ އެންމެ އުނދަގޫ މެޗު ކަމަށާއި، އަދި މި މެޗަށް ނުކުންނައިރު ފުރަތަމަ މެޗުން ބަލިވެފައި އޮތުން އެއީ އެ ޓީމަށް އޮތް ޕްރެޝަރެއް ކަމަށެވެ. އެކަމަކު ސްކޮޓްލެންޑުގެ ސްކޮޑުގައި މި ޕްރެޝަރުގައި ކުޅެވޭނެ ކުޅުންތެރިން އެބަތިބި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޔޫރޯގައި ސްކޮޓްލެންޑުން ކަނޑައެޅި އަމާޒަށް ވާސިލްވުމަށް މި މެޗުން ތިން ޕޮއިންޓް ހޯދަން މަޖުބޫރު ކަމަށްވެސް ޓައުންޒެންޑް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ޑީ ގެ އެނަލިސްޓް މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ނިމާދު (ނިމާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި

29 މެއި 2017
އެމްއާރުޑީސީގެ މައްޗަށް ކޭޑީއެމް ކުރިހޯދިއިރު، ވަންއޯވަން އާއި މެރިކާނޯގެ ކުރިމަތިލުން ވަންއޯވަން ކާމިޔާބުކޮށްފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް