Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރު ބިންހިއްކުމުގެ މަސައްކަތް

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ރ. ދުވާފަރަކީ 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ކަނދޮޅުދޫ މީހުން އާބާދުވުމަށް އަލުން ތަރައްޤީކުރި ރަށެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 18 ޖޫން 2021 | ހުކުރު 03:10
ދުވާފަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ ޖޫން 14 ވަނަ ދުވަހު

ދުވާފަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ ޖޫން 14 ވަނަ ދުވަހު

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ވަނީ ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް މި ޖޫން މަހުގެ 14 ވަނަ ދުވަހު ނިންމާލާފައިވާކަން ހާމަކޮށްފައެވެ. އެމްޓީސީސީން ބުނީ އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެމްޓީސީސީން ބުނީ މިއީ 143.11 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުން ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ ބިން ނެތް ރަށްރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވެހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 

ރ. ދުވާފަރަކީ 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ކަނދޮޅުދޫ މީހުން އާބާދުވުމަށް އަލުން ތަރައްޤީކުރި ރަށެވެ. ކަނދޮޅުދޫ މީހުންނަށް ދުވާފަރުގައި ދާއިމީ ބޯހިޔާވަހިކަމެއް ޤާއިމުކޮށް، އެރަށަށް މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މީހުން އާބާދުކުރިތާ މިއަހަރަށް 13 އަހަރު ފުރޭއިރު ރ. ދުވާފަރުގެ މިހާރުގެ އާބާދީ 3000އަށް އަރައެވެ. އާބާދީ ބޮޑުވެ ދުވާފަރަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު ދަތިކަމަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ކަމުގައިވާއިރު، ބިން ފުރިފައިވުމުގެ ސަބަބުން ރަށުން އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވަނީ ހުރަސްއެޅިފައެވެ. މީގެ އިތުރުން ރަށުގައި އާ ވިޔަފާރިތައް ފެށުމާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފައެވެ.

މި މައްސަލަތައް ހައްލުކުރުކަމުގެ ގޮތުން ދުވާފަރުގައި ކުރިއަށް ގެންދިއުމަށް މި އަހަރުގެ ބަޖެޓުގައި 6 މަޝްރޫޢުއެއް ހިމަނާފައިވާއިރު، މިގެތެރެއިން ރަށުގެ ރައްޔިތުންގެ އުއްމީދާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢުއަކީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތެވެ. މި މަސައްކަތަކީ މީގެކުރިން އެތައް ފަހަރެއްގެ މަތިން ބަޖެޓުކުރިނަމަވެސް، ޢަމަލީ މަސައްކަތް ނުފެށި އޮތް މަސައްކަތެކެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު