Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަލީ ވަޙީދުގެ ޝަރީއަތް

ޢަލީ ވަޙީދުގެ ޝަރީއަތް ސިއްރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ އެގޮތަށް ޝަރީއަތް ކުރުމަކީ ނިޒާމާ އެއްގޮތަށް ހިނގާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2021 | ހޯމަ 11:27
ކުރީގެ ޓޫރިޒަމް މިނިސްޓަރު  ޢަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޝަރީއަތް ސިއްރުކޮށްފިއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު 3:00އަށް މައްސަލައިގެ އަޑުއެހުމެއް އޮތީ ތާވަލުކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށް މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 42ވަނަ މާއްދާގެ (ނ)ގައި ވަނީ ޝަރީއަތް ހިންގަން ޖެހެނީ އާންމުކޮށް ހުޅުވަލައިގެން ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައި ވާ ސަބަބު ތަކަށްޓަކައި ދިމިގްރާތީ އުސޫލުތަކާ ޚިލާފު ނުވާނެ ގޮތުގެ މަތިން، ޝަރީއަތެއް އެކުގައި، ނުވަތަ ޝަރީއަތަކުން ބައެއް، އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު އެ ޝަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެން ވާކަމަށެވެ. އެ ސަބަބު ތަކުގެ ތެރޭގައި މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާއެވެ.

މި ޝަރީއަތް ކެންސަލްކޮށްފައި ވާއިރު އޭނާ ވަނީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ޢަލީ ވަޙީދު ހުންނެވީ ރާއްޖޭގެ އިޚްތިޞާސް ނުހިނގާ ތަނެއްގައި ކަމަށްވެފައި، އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވުމުން ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވެއެވެ. އަދި އެގޮތަށް ޝަރީއަތް ކުރުމަކީ ނިޒާމާ އެއްގޮތަށް ހިނގާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު