Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްރުކޮށް ކުރިޔަށް ގެންދިޔަކޮމިޓީ ބައްދަލުވުން

ސިއްރުކޮށްގެން ކުރިޔަށްގެންދިޔަ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ލީކުވި މައްސަލަ ބަލާ ސަބްކޮމިޓީގެ ބައްދަލުވުންތައް ސިއްރު

ބައްދަލުވުންތައް ސިއްރުން ބޭއްވުމަށް ނިންމީ ކޮމިޓީގެ އަޣްލަބިއްޔަތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 16:51
އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން

އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބެލި، އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނިކޮށް އެބައްދަލުވުމުގެ މައުލޫމާތުތައް ލީކުކޮށްލާފައިވާތީ އެކަން ބެލުމަށް އެކުލަވާލި ސަބްކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ބޭއްވުމަށް އެކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފް ވަނީ ކޮމިޓީގެ ސިއްރުތައް ލީކުވި މައްސަލަ ބެލުމަށް ހުށަހަޅާފައެވެ. ސަނީފް ވިދާޅުވީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ޗެޓް ލޮގް ސޯޝަލް މީޑިޔާއަށް ލީކުކޮށްލުމުގެ ސަބަބުން ބައެއް މެމްބަރުންގެ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަންތައްތައް ހުރިކަމަށެވެ. އެފަދަ އިންޒާރުގެ މެސެޖްތައް މެމްބަރުންނަށް ލިބިވަޑައިގަންނަވާފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ. އެދުވަހުގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ ދިރާސާކުރުމަށް ސަބްކޮމިޓީއެއް ނަގައިގެން ކުރިޔަށް ގެންދިޔުމަށެވެ.

އެދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ސަބް ކޮމިޓީގެ ގޮތުގައި ފާސްވެފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުލްލަޠީފް، ނޮޅިވަރަމް ދާއިރާގެ މެމްބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ، މަނަދޫ ދާއިރާގެ މެމްބަރ އަޙުމަދު ހާރޫން، އަދި ދަނގެތި ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމްއެވެ.

ސަބް ކޮމިޓީގެ ބައްދަލުވުން ހޯމަ ދުވަހު ބާއްވާފައިވާއިރު، އެކޮމިޓީގެ މުގައްރިރުކަމަށް ކަނޑައަޅާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީއެވެ. ނައިބު މުގައްރިރުކަމަށް ކަނޑައަޅާފައިވަނީ މަނަދޫ ދާއިރާގެ މެމްބަރ އަޙުމަދު ހާރޫންއެވެ.

ސަބް ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކަނޑައެޅުމަށްފަހު ދެން ކޮމިޓީގައި ވާހަކަދެކެވުނީ މިމައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ހުޅުވާލެވުނު ފުރުސަތުގައި ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މެމްބަރ ވިދާޅުވީ މިކަމަކީ ތުހުމަތުގެ މައްޗަށް ބިނާކޮށް މެމްބަރެއްގެ ނަން ބޭނުންކޮށްގެން ކުރިޔަށް ގެންދެވޭނެ މައްސަލައަކަށްވާތީ އެބައްދަލުވުންތައް އާންމުކޮށް ހުޅުވާނުލައި ކުރިޔަށް ގެންދަން ހުށަހަޅުއްވާކަމަށެވެ.

ހާރޫންގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ވިދާޅުވީ ހާރޫންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާކަމަށެވެ. އެއީ ހީއެއްގެ މައްޗަށް ބިނާކޮށް މެމްބަރެއްގެ ނުވަތަ މެމްބަރުންތަކެއްގެ ނަންތައް ބޭނުންކުރަންޖެހޭއިރު އެބައްދަލުވުންތައް އާންމުކޮށްގެން ކުރިޔަށް ގެންދިޔުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށްވާތީ ކަމަށެވެ.

މިހުށަހެޅުން ފާސްވެފައިވަނީ ސަބް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ފޮނުއްވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ބޭއްވުމަށް ތާވަލްކުރިއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ކުރިޔަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

މިބައްދަލުވުމުގައި މި މައްސަލަ ކޮމިޓީން ބަލާނެ ތަނެއްނެތް ކަމަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުޙައްމަދު ނާޒިމެވެ. ނާޒިމްގެ މި ހުށަހެޅުއްވުން ފާސްވެފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ ވެސް އެކުއެވެ. މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ވޯޓު ދެއްވާފައިވާ އެމްޑީޕީގެ މެމްބަރުންނަކީ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރ މުޙައްމަދު ވިސާމް، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޙުސައިން ވަޙީދު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ ޢަބްދުﷲ ސަނީފް، މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޢަލީ ރިޒާއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށް މިމެމްބަރުން ވޯޓު ދެއްވިކަން ސޯޝަލް މީޑިޔާއަށް ލީކުވުމާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް މައްސަލަ ހޫނުވެ މިމެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް އަމާޒުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު