Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރުން

މަސްތުގެ ހާލުގައި ތިބި 15 މީހަކު މިސްކިތުން ހައްޔަރުކޮށްފި

7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 14:18
މިސްކިތް ތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން

މިސްކިތް ތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން

މަސްތުގެ ހާލުގައި ތިބިކަމަށް ތުހުމަތުކުރެވޭ 15 މީހަކު މިސްކިތުން ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑް އޮންނަ، ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން، ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ، އަދި މަސްތުވެގެން ތިބިކަމަށް ތުހުމަތުކުރެވޭ 15 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އާދިއްތަ ދުވަހުގެ ރޭ ގެނެސްފައިވާކަމަށެވެ.

Advertisement - newsAdvertisement

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށާއި، އަދި 8 މީހަކު ކަސްޓޯޑިއަލް ޖަލެއްގައި 3 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި މިސްކިތްތައް ބަންދުކުރަން ނިންމުމަށްފަހު 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް މިސްކިތްތައް ހަދާ ކަމުގެ ޝަކުވާ މިފަހަކުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެގޮތުން އާންމު މީހަކު ހޮނިހިރު ދުވަހު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ފަތިސް ނަމާދުގެ ވަގުތުގައި ދެމީހަކު މިސްކިތް ތެރޭގައި ނިދާފައިވާ ކަމަށެވެ. އަދި އެ ދެމީހުންނަށް ގޮސް ގޮވުމުން ނިކުންނަމުން ޚަތިމު ހާވާލުމަށްފަހު "ޕެކެޓެއް" ނަގައިގެން ދިޔަ ކަމަށެވެ. އަދި ފުލުހުން އައިސް ބަލާ ފާސްކުރަމުންދާތީ "ސާމާނު" ކޮޅު ޚަތިމުގެ ތެރެއަށްލައި، ފޮރުވާ ކަަމަށް ވެސް އެމީހާ ބުންޏެވެ.

މިކަންތައްތަކުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު ފުލުހުން ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، ނިދުމާއި، އެއްޗެހި ދޮވެ، އަދި މިނޫނަސް މިސްކިތްތައް ބޭނުން ކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

އެގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި، އެގޮތަށް އަމަލުކުރާ މީހުން ފޮނުވާލުމުގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން މިކަންކަމުގެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ހިއްސާކޮށް، ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅަމުން ގެންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މަސްތުވާތަކެތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު