Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އަންނަ ފަތުރުވެރިން

ޖޫން މަހުގެ ފުރަތަމަ 9 ދުވަހު 15،000ށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަނީ 1,729 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 04:25
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި

ޖޫން މަހުގެ ފުރަތަމަ ނުވަ ދުވަހު 15،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ފުރަތަމަ ނުވަ ދުވަހު 15،559 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މަހުގެ ފުރަތަމަ ދުވަހު 1,537 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނަ ދުވަހު އައިސްފައި ވަނީ 1,827 ފަތުރުވެރިންނެވެ. ތިން ވަނަ ދުވަހު 1,620 ފަތުރުވެރިން، ހަތަރު ވަނަ ދުވަހު 1,598 ފަތުރުވެރިން، ފަސް ވަނަ ދުވަހު 2,185 ފަތުރުވެރިން އަދި ހަ ވަނަ ދުވަހު 2,308 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އޭގެ އިތުރުން ޖޫން ހަތް ވަނަ ދުވަހު 1,416 ފަތުރުވެރިން ރާއްޖެ އައި އިރު، އަށް ވަނަ ދުވަހު އައިސްފައި ވަނީ 1,513 ފަތުރުވެރިންނެވެ. އަދި ނުވަ ވަނަ ދުވަހު 1،555 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

Advertisement - newsAdvertisement

ޖޫން މަހުގެ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ހަ ވަނަ ދުވަހުއެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ ހަތް ވަނަ ދުވަހުއެވެ. ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަނީ 1,729 ފަތުރުވެރިން ކަމަށާއި އެފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މަހުގެ މިހާތަނަށް 730 ޓޫރިސްޓް ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، 47,474 އެނދު ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޓްކުރަމުންނެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން އަދި މެއި މަހު 64,613 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އެއަދަދު ވަނީ 3,460ށް އަރާފައެވެ. އަދި މާޗު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. ނަމަވެސް އޭޕްރިލް މަހު ފަތުރުވެރިން އަންނަ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައި އެމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 3,040 ފަތުރުވެރިންނެވެ. އަދި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 2,084 ފަތުރުވެރިންނެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން މިހާތަނަށް 111,628 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އިންޑިއާއިން 89,499 ފަތުރުވެރިން، ޖަރުމަނުން 25,935 ފަތުރުވެރިިން، ޔޫކްރެއިނުން 23,633 ފަތުުރުވެރިން އަދި ކަޒަކިސްތާނުން 16,720 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން އެމެރިކާއިން 15,624 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން އައިސްފައި ވަނީ 13,240 ފަތުރުވެރިންނެވެ. ރޫމޭނިއާ އިން 11,525 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފްރާންސުން 10,420 ފަތުރުވެރިން އަދި ޗެކްރިޕަބްލިކުން 10,087 ފަތުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އަހަރުގެ މިހާތަނަށް 469,942 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 22.8 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 2019 ވަނަ އަހަރާއި އަޅައިބަލާއިރު، އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން އޮތީ 40.2 އިންސައްތަ ދަށުގައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާ އެކު ފަތުރުވެރިން އައި މިންވަރު ދަށަށް ދިޔަނަމަވެސް އަސަރުކޮށްފައި ވަނީ ލޯސީޒަންގެ އަމާޒަށް ކަމަށާއި ހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އެއީ ކޮވިޑްގެ ސަބަބުން ދެކުނު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމާއި، އިނގިރޭސިވިލާތްފަދަ މުހިންމު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ހުއްޓުމަކަށް އައުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، މިއަހަރަށް ސަރުކާރުން އަމާޒުހިފި މުޅިި ޖުމުލަ ޓާގެޓްތަކަށް ވާސިލުވެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ރާއްޖެއަށް ބައިނަލްއަގުވާމީ 30 އެއަރލައިނަކުން ޝެޑިއުލްޑް ދަތުރުތައް ކުރަމުން އަންނަ އިރު، 10 އެއަރލައިނަކުން އަންނަނީ ޗާޓަރު ދަތުރުތައް ކުރަމުންނެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްފަތުރުވެނިން

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު