Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ހޭޓް ސްޕީޗްގެ ގޮތުގައި ޕޯސްޓްތައް ކޮށްފައިވާ 50ށް ވުރެ ގިނަ ފަރާތުގެ މައުލޫމާތު ފުހުންނަށް ހުށަހަޅައިފިން: އެމްޑީޕީ

11 ޖޫން 2021 | ހުކުރު 02:52

ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާމެދު ގަނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖޫން 2021 | ހުކުރު 02:52
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް

ސޯޝަލް މީޑިޔާގައި ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ވާގިދޭ ގޮތަށް ކޮށްފައިވާ ޕޯސްޓްތަކާ ގުޅިގެން 50ށް ވުރެ ގިނަ ފަރާތުގެ މައުލޫމާތު ފުލުހުންނަށް އެމްޑީޕީން ހުށަހަޅާފައިވާނެކަމަށް އެޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅިގެން ފުލުހުން އެމްޑީޕީއާ ހިއްސާކޮށްފައިވާ މައުލޫމާތުތައް ހަސަން ލަތީފް ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ސޯޝަލް މީޑިޔާގައި ހޭޓް ސްޕީޗާއި ހަރުކަށި ފިކުރަށް ތާއީދުކޮށް އެކިއެކި ޕޯސްޓްކުރާ މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަލަމުންކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލިސް ގޮއްވާލުމަށް ގޮވާލި މީހެއް ހައްޔަރުކޮށް އޭނާގެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި މިފަދަ ކޮމެންޓްކޮށް ހަރުކަށި ފިކުރާ ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާމެދު ގަނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ފަރާތުން މިދިޔަ ހަފްތާގައި މިފަދަ މައްސަލަތަކެއް ހުށަހަޅައި އެކަން ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުތަކުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން މިމައްސަލައާ ގުޅުންހުރި ފައިނޭންޝަލް އިންވެސްޓިގޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގެ ތަޖުރިބާކާރެއް މިހާރު ވެސް ފުލުހުންނާއެކު މަސައްކަތްކުރަމުން އަންނަކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމުގައި ޕާޓީއަށް ފެންނަ ބައެއް ކަންކަން ވެސް ހުށަހަޅާފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން ތަހުގީގާ ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ދީފައިވާ މައުލޫމާތަށް ބަލާއިރު މި މައްސަލާގައި ސީދާ ތުހުމަތުކުރެވޭ 5 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން ހަމަލާދިނުމުގައި އަމަލީ ދައުރު އަދާކުރި މީހުން ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެތެރެއިން ބައެއް މީހުންގެ ސީދާ ކްރައިމް ސީނާ ގުޅުންހުރި ފޮރެންސިކް ހެކި އަދި ސީސީޓީވީ ފުޓޭޖްގެ ހެކި ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މާލެ ސަރަހައްދުން މައްސަލައާ ގުޅުންހުރި 25 ތަނެއް ބަލައި ފާސްކޮށްފައިވާއިރު ހާދިސާ ހިނގިތަން ފުލުހުން ބަލައި ފާސްކޮށް ބޭނުންވާ ސާމްޕަލްތައް ވަނީ ނަގާފައެވެ.

އެ އޮޕަރޭޝަންގެ މަގްސަދަކީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވެ ކުރަމުންދާ މަސައްކަތް ހުއްޓުވުމާއި އެފަދަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެވި އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުންކަމަށް ފުލުހުން މައުލޫމާތު ދެއްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ބޮމުގެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާއި މިފަދަ ފަރާތްތަކާއި އޮތް ގުޅުން ވެސް ދަނީ ބަލަމުންކަމަށް ޕާޓީއަށް ފުލުހުން މައުލޫމާތުދޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީން ހުސްވި މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގު އެމްޑީޕީން ގާތުން ބަލަމުން ގެންދާކަމަށާއި ތަހުގީގެއްގައި ތިން ވަނަ ފަރާތަކަށް ލިބެންހުރި ހުރިހާ ތަފްސީލެއް ހޯދުމުގެ ކަންކަން އެމްޑީޕީން ކުރަމުން އަންނަ ކަމަށެވެ. އެމްޑީޕީއަށް ފުލުހުން ތަހުގީގު ކުރިޔަށް ގެންދާ ގޮތާއި އަދި ކުރަމުން ގެންދާ މަސައްކަތާއި އަދި އެކަންކަން ކުރަމުން ގެންދާ އުސޫލުގެ ތަފްސީލުތައް ލިބެމުންދާކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެކަން ގާތުން ބެލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އޮތީ ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީއެމްޑީޕީ ޤައުމީ މަޖިލިސްރައީސް ނަޝީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް