Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އިގްރާރުވެއްޖެ

10 ޖޫން 2021 | ބުރާސްފަތި 19:43

ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖޫން 2021 | ބުރާސްފަތި 19:43
އެމްޑީޕީ ގައުމީ މަޖިލިސްގެ ތެރެއިން އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް (ކ) ވާހަކަ ދައްކަވަނީ

އެމްޑީޕީ ގައުމީ މަޖިލިސްގެ ތެރެއިން އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް (ކ) ވާހަކަ ދައްކަވަނީ

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމާލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިގްރާރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ. ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވާނެ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް ގައުމީ މަޖިލީހަށް މިގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. ގަރާރަށް ތާއީދުކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމްއެވެ. މިގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 100 މެމްބަރުންގެ ވޯޓުންނެވެ. ގަރާރަށް ވަކިގޮތަކަށް ވޯޓު ނުދެއްވާ 8 މެމްބަރުން ތިއްބެވިއެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ހިމެނުމަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައަޅުއްވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ހަސަން އަފީފު، ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އެވެ. މިގަރާރުގައި މައިގަނޑު ތިން ކަމަކަށް ގައުމީ މަޖިލިސް އިގްރާރުވުމަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު މަދުވެގެން ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހާ ހިއްސާކުރުމަށްވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. މިހުށަހެޅުން ފާސްކޮށްފައިވަނީ 96 މެމްބަރުން ވޯޓުންނެވެ. އެހުށަހެޅުމަށް ނޫނުކޭ 2 މެމްބަރުން ވިދާޅުވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.

ގަރާރަށް 47 މެމްބަރުން ބަހުސްކުރެއްވިއެވެ. ގަރާރަށް ބަހުސްކުރައްވަމުން މެމްބަރުން ވަނީ މިއީ މުހިންމު ގަރާރެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ލަހުން ނަމަވެސް މިފަދަ ގަރާރެއް ހުށަހަޅިގެންދިޔައީތީ އެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމުގެ އެންމެ އަޑިއަށް ވާސިލްވުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅާއަށްވާއިރު ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމެއްގައި އޮވެ ރައީސް ނަޝީދަށް އިންސާފު ނުލިބިގެންދިޔުމަކީ ޕާޓީގެ ފެއިލްވުމެއްގެ ގޮތުގައި މެމްބަރުން ސިފަކުރެއްވިއެވެ.

އެމްޑީޕީރައީސް ނަޝީދުއެމްޑީޕީ ޤައުމީ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް