Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫކްރޭނުގެ ޖާޒީ މައްސަލަ

ޔޫކްރޭނުގެ ޖާޒީ ބަދަލުކުރަން ޔުއެފާއިން އަންގައިފި

ގްލޯރީ ޓުދަ ހީރޯސް ޖަހާފައިވާ ބައި ނެގުމަށް ވަނީ އަންގާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 15:15
ޔޫކްރޭނުގެ ޖާޒީގައި ޖަހާފައިވާ ސިޔާސީ ސްލޯގަން

ޔޫކްރޭނުގެ ޖާޒީގައި ޖަހާފައިވާ ސިޔާސީ ސްލޯގަން

ހުކުރު ދުވަހުގެރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔޫކްރޭނުން ބޭނުންކުރާ ޖާޒީ ބަދަލުކުރުމަށް ޔޫރަޕުގެ ފުޓުބޯޅައިގެ މައި ޖަމުއިއްޔާ ޔުއެފާއިން އަންގައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާއިން ޔޫކްރޭނުގެ ޖާޒީ ބަދަލުކުރުމަށް އެދުނީ އެ ޖާޒީގައި ސިޔާސީ ސްލޯގަނެއް ބޭނުންކޮށްފައިވާތީއެވެ. ޔުއެފާއިން އަންގާފައިވަނީ ‏ޔޫކްރޭންގެ ޖާޒީގައި ކްރައިމިއާ ފެންނަ ޗާޓު ބޭނުންކުރެވޭނެ ކަމަށާއި، ނަމަވެސް "ގްލޯރީ ޓުދަ ހީރޯސް" ޖަހާފައިވާ ބައި ނެގުމަށެވެ.

ޔޫކްރޭނުގެ ޖާޒީގައި ކްރައިމިއާ ހިމަނާފައިވާތީ ރަޝިއާއިން ވަނީ ކްރައިމިއާ ބައި އުނިކުރުމަށް އެދިފައެވެ. ޔޫކްރޭނާއި ރަޝިއާއާ ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ކްރައިމިއާ އަކީ ރަޝިއާއިން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ބަޔެކެވެ. 2014 ވަނަ އަހަރު ރަޝިއާއިން ވަނީ އެގައުމުގެ ބައެއްގެ ގޮތުގައި ކްރައިމިއާ ޕެނިންސިޔުލާ ޗާޓުގައި ހިމަނާފައެވެ. ނަމަވެސް ބައިނަލްއަގުވަމީ މުޖުތަމައު ގަބޫލުކުރާ ގޮތުގައި ކްރައިމިއާ އަކީ ޔޫކްރޭނުގެ ބަޔެކެވެ.

ޔުއެފާއިން ބުނާގޮތުގައި އދ އިން ގަބޫލުކުރާ ބޯޑަރުގެ ތެރޭގައި ކްރައިމިއާ ހިމެނިފައިވާތީ، ޖާޒީގައި ޗާޓު ހިމެނުމަކީ މައްސަލައެއް ނޫނެވެ.

ޔޫކްރޭނުގެ ޖާޒީ ބަދަލުކުރަން ޔުއެފާއިން އެންގިއިރު، ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އެ ގައުމުން ކުޅުނު މެޗުތަކުގައިވެސް ބޭނުންކޮށްފައިވަނީ މި ޖާޒީއެވެ. ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ޔޫކްރޭނުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅުނުއިރު، މި މަހުގެ ތިންވަނަ ދުވަހު އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މިދިޔަ ހޯމަ ދުވަހު ސައިޕްރަސް އަތުން ޔޫކްރޭން ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ފަހަރުގެ ޔޫރޯގައި ޔޫކްރޭން ހިމެނިފައިވަނީ ގްރޫޕް ސީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ގައުމުތަކަކީ އޮސްޓްރިއާ، ނޯތު މެސެޑޯނިއާ އަދި ނެދަލެންޑްސްއެވެ.

ޔޫކްރޭންޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު